މާލެ ރަސްފަންނު ސަރަހައްދު.--
ރަސްފަންނުން ވަގުރުކު އެޅި މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި
މަރްޔަމް މުޙައްމަދު 1 އޮކްޓޯބަރ 2026 (ބުރާސްފަތި)   10:47
މާލެ، ރަސްފަންނުގައި ހުރި ރުށްތަކުން، ހުއްދަނެތި ކުރުނބާއެޅި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށް މުއްދަތު ޖަހައިފި އެވެ.

 ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުރުމުން ބަންދަށް 7 ދުވަސް އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން މިއީ މީގެ ކުރިން ވެސް ބަންދުކޮށް އަދި ހައްޔަރުކޮށްފައިވާ ކަމުގެ ރެކޯޑް އޮތް މީހެކެވެ.

އެ މީހާ ކޯޓުގައި ބުނެފައިވަނީ ރަސްފަންނުގައި ހުންނަ ރުށްތަކުން ކުރުނބާ އެޅުމަކީ މަނާ ކަމެއްކަން ނޭނގޭ ކަމަށެވެ.

ގާޒީ މުޒައްމިލް ނާސިރުގެ އަމުރުގައި  ވަނީ ވައްކަމުގެ ތުހުމަތުކޮށް ހައްޔަރުކުރި އެ މީހާ ބަންދުގައި ބަހައްޓަންޖެހެނީ ބަންދުން ދޫކޮށްލައިފި ނަމަ "މުޖުތަމައުގެ ސަލަމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓައި" ކަމަށެވެ.

ކުށްކުރި ކަމަށް ކޮންމެވެސް ވަރެއްގެ ހެކި އެބަހުރި ކަމަށާއި އެ ހާދިސާއާ ގުޅޭ ރިޕޯޓް ފުލުހުން ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މި މީހާ ރަސްފަންނުގެ ރުށްތަކުން އެޅީ ކިތައް ކުރުނބާ ކަމެއް ކޯޓުން ހާމަކުރި މައުލޫމާތުން އެނގޭކަށް ނެތެވެ.

ކޮމެންޓް