
ޝުޖާ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިނދެ، ނުރުހުމުގެ ރާގަކަށް ބުންޏެވެ. "ފާރިސް، މި ކިޔާ ރަސްމާލޭ ކަންކަން ހޯދާ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. މިއީ ސީދާ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ރެޑް އެލާޓެކެވެ. މި މަޝްރޫއަށް ފައިސާ ހޭދަކުރަނީ އީގަލް ހިލްސްއާއި ޔަހޫދީންނާއި ގުޅިގެން އުފައްދާ ފަންޑަކުންނެވެ. މިއީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތެއް ނޫނެވެ. ޔަހޫދީންގެ ބައިވެރިވާ ފަންޑަކުން ރާއްޖޭގެ އެންމެ އަގުބޮޑު ބިންތަކުގެ ކޮންޓްރޯލް އަތުލަނީއެވެ. މިއީ، ދިވެހި އިސްލާމީ އުންމަތުގެ މިނިވަންކަމާއި ސިޔާދަތަށް ދެވޭ ވަރަށް ބޮޑު ކެހިވެރި ހަމަލާއެކެވެ."
ޝުޖާގެ ވާހަކައަށް ބާރުދެމުން ފާރިސް ވަގުތުން ރައްދު ދިނެވެ. "ތިޔައީ ހަމަ ހަގީގަތެވެ، ޝުޖާއެވެ. ނަމަވެސް މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާ ލަގުޒަރީ ވިލާތަކުގައި ޔަހޫދީން ނުވަތަ ޒަޔަނިސްޓުން އައިސް ޗުއްޓީ ހޭދައެއް ނުކުރާނެއެވެ. އަދި އެމީހުން މި ތާގައި ދިރިއުޅޭނެ ކަމަކަށްވެސް ނުފެނެއެވެ. އެމީހުންގެ ބޭނުމަކީ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކެއް ނޫނެވެ. ނޫނީ ގޮޑުދޮށުގައި އަވީލައިގެން ތިބުމެއްވެސް ނޫނެވެ. އެމީހުންގެ ހަގީގީ ޝައުގުވެރިކަން ހުރީ މި ޕްރޮޖެކްޓުން ލިބޭނެ މާލީ އަދި ސިޔާސީ ނުފޫޒަށެވެ. މިއީ ވިޔަފާރީގެ އުސޫލުން ބަލާއިރު އެމީހުންނަށް އޮތް ބޮޑު ފައިދާއެކެވެ. ދުނިޔޭގެ އެކި ގައުމުތައް ފައިސާގެ ދަލުން ގައުމުތައް ބަނދެލާ ފަދައިން ދިވެހިރާއްޖެވެސް ބަނދެލާށެވެ. ރާއްޖެއަށްވެސް މި އަތްގަދަކޮށްލަނީ އިގުތިސޯދީ ގޮތުންނެވެ. މި މަޝްރޫއު ހިންގިއްޖެނަމަ، ދިވެހިރާއްޖޭގެ ވަސީލަތްތައް ބޭނުންކޮށްގެން އެމީހުންގެ މުއްސަނދިކަން އިތުރުކުރާނެއެވެ. ކިއްހެއްޔެވެ؟ މީގެން ދިވެހި ގައުމަށް ލިބޭނެ ހަގީގީ ލާބައެއް ނެތެވެ."
ޝުޖާ މޭޒުމަތީގައި އަތް ޖަހާލަމުން، އަޑަށް ބާރުލާފައި ބުންޏެވެ. "އެހެންވީމާ، މި ހުރިހާ ކަމެއްގެ ތެރެއިން ދިވެހިންނަށް އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ ޖަވާބަކީ ވަރަށް ހިތްދަތި ޖަވާބެކެވެ. ދިވެހިންނަށް މިއިން އޮތީ ހަމައެކަނި އަޅު މަސައްކަތެވެ. ވިލާތައް ސާފުކުރުމާއި، ފާހާނާތައް ދޮވުމާއި، ބަގީޗާ ބައްލަހައްޓާ ޑަރޯގާކަން ކުރުމެމެވެ. ކުޑަ މުސާރައަކަށް ބުރަ މަސައްކަތް ކުރުމެވެ. ގައުމުގެ ވެރިންނަށް ނަކީ އަހަރުމެންނެވެ. ބިންތަކުގެ ވެރިންނަކީވެސް އަހަރުމެންނެވެ. އެކަމަކު ދިވެހިން ވާން މިޖެހެނީ ބޭރުގެ ސަމާޔާދާރުން ނުވަތަ މަހުޖަނުންގެ ހާދިމުންނަށެވެ. މިއީ ތަރައްގީގެ ނަމުގައި ދިވެހިން އަޅުވެތިކުރުމެވެ."
ފާރިސް ފުން ނޭވާއެއް ދޫކޮށްލަމުން، ސީދާ ޝުޖާގެ ލޮލަށް ބަލާލާފައި ބުންޏެވެ. "މިއަށްވުރެ ބޮޑަށް ފިއްކަނޑައިގެންދާ އަނެއް ކަމަކީ ބިންހިއްކީ ދިވެހީންނެވެ. އެކަމަށް އތައް ބިލިޔަން ޑޮލަރެއް ހަރަދުކުރިއެވެ. އެއޮތް ބޮޑު ފަސްގަޑު އެ ދުކޮށްލަނީ ހިލެއެވެ. އެއީ ކުޑަ ތަނެއް ނޫނެވެ، ޝުޖާއެވެ. ފަސްސަތޭކަ ހެކްޓަރުގެ ބޮޑު ބިމެކެވެ. އެބިމުން، ދިވެހި ކިތައް ޖީލަށް ބޯހިޔާވަހިކަން ދެވޭނެހެއްޔެވ؟ ކިތައް ދިވެހި އާއިލާގެ މުސްތަގުބަލު އާރާސްތު ކުރެވޭނެ ހެއްޔެވެ؟ އެ ބިން ބޭރުގެ ކުންފުނިތަކަށާއި ޔަހޫދީންގެ ފަންޑުތަކަށް ހިލޭ ދޫކޮށްލުމަކީ ގައުމަށް ވެވޭ ހިޔާނާތެއް ނޫން ދެން ކޮންކަމެއް ހެއްޔެވެ؟ ބިން ހިއްކީ ރައްޔިތުންގެ ޓެކުސް ފައިސާއިނެނެވެ. އެބިން ބޭރުގެ މަހުޖަނުންނަށް ހަދިޔާއެއްގެ ގޮތުގައި ދޭނެކަމަށް އެއްވެސް ބުއްދިވެރިއަކު ގަބޫލެއް ނުކުރާނެއެވެ."
ޝުޖާ ރުޅިވެރިކަމާއެކު މޭޒާ ދިމާލަށް ގުދުވެލަމުން، އެންމެ ފަހުގެ ސުވާލު ދޫކޮށްލިއެވެ. "މިވަރުގެ ބޮޑު ކަމެއް، ޖީބަށް އެއްޗެއް ނުވަންނަ ގޮތަށް ކޮށްފާނެ ހެއްޔެވެ؟ ސިޔާސީ މަސްރަހާއި ކަން ހިނގާގޮތް ދަންނަ ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މިފަދަ ބިޔަ މަޝްރޫއުތައް، ގައުމަށް ގެއްލުންވާ ގޮތަށް ފަރުމާކުރެވެނީ ސިއްރު މުއާމަލާތްތަކެއްގެ ތެރެއިންނެވެ. އަމިއްލަ ޖީބު ބަރުކޮށް، މުއްސަނދިކަން ހޯދުމަށެވެ. މިފަދަ ދަހިވެތިކަމެއް ނެތްނަމަ، ފަސްސަތޭކަ ހެކްޓަރުގެ ބިން ބޭރު ބަޔަކަށް ދިނުމަށް އެއްވެސް މީހަކު ސޮޔެއް ނުކުރާނެއެވެ. މިއީ ކަނޑައެޅިގެން ޖީބަށް ބައިއެލޭ ގޮތަށް ހިންގާ ކަޅުފޮށީގެ ސިޔާސަތެވެ."
ޝުޖާއާއި ފާރިސްގެ މި ހޫނު ވާހަކައިން އެނގެނީ މި ޕްރޮޖެކްޓަކީ ދިވެހިންގެ ސަލާމަތާއި، ދިވެހިންގެ ބިމާއި، ދިވެހިންގެ އަމިއްލަވަންތަކަން ފޭރިގަތުމަށް ހިންގާ އަދާވާތްތެރި، ރޭވުންތެރި މަޝްރޫއެއް ކަމެވެ. ޝައްކެއްނެތެވެ. ޔަހޫދީންގެ ފަންޑުތަކަށް ގައުމުގެ މިލްކިއްޔާތު ދޫކޮށްލުމަކީ މާދަމާގެ ޖީލުތަކަށް ދެވޭ ބޮޑު އަނިޔާއެކެވެ. މިއަދު އަހަރުމެން މިކަމާ ދެކޮޅަށް އަޑު ނުއުފުލަންޖެހެއެވެ. ނުއުފުލައިފިނަމަ މާދަމާ ދިވެހި ފަސްގަނޑުގައި ދިވެހިން ތިބޭނީ ބޭރު މީހުންގެ އަޅުންގެ ގޮތުގައެވެ. ޝުޖާއާއި ފާރިސްގެ މި ހިތްވަރުގަދަ ބަސްތަކަކީ ހަމައެކަނި ކޮފީ މޭޒުތަކުގެ ދެކެވޭ ވާހަކައެއްގެ ގޮތުގައި ހަދައިގެން ފަރުޖެއްސޭކަށް ނެތެވެ. މިކަމުގެ ހަގީގަތް ހޯދައި، ގައުމު ސަލާމަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެކެވެ.




