
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ ތަރައްގީގެ މަސައްކަތްކުރުމަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ އިހުތިސާސުން ވަކި ކުރި ބިންތަކަކީ:
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސް ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.
ގާނޫނުގައިވާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތިސާސުން ބިމެއް ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމުން އެ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރީ އެކަމާ ދެކޮޅަށް ގިނަ ކައުންސިލް ތަކަކުން ބަސް އިއްވާފައި ވަނިކޮށްވެ.




