މިއަދު ފުލުހުންގެ ސައިކަލެއް އެކްސިޑެންޓުވި ސަރަހައްދު - ފޮޓޯ: ސޯޝަލްމީޑިއާ
ފުލުހުން ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ދެ ފުލުހަކަށް އަނިޔާވެއްޖެ
މަރްޔަމް މުހައްމަދު 16 އޮކްޓޯބަރ 2026 (ހުކުރު)   19:30
ހުޅުމާލޭގައި ފުލުހުން ދުއްވި ސައިކަލެއް އެކްސިޑެންޓުވެ، ދެ ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ އަމީން އެވެނިއު ކައިރިން މިއަދު މެންދުރު ދުއްވާފައި ދިޔަ ކާރަކާއި، މަގަށް ނުކުތް ސައިކަލެއް ޖެހިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.

އަދި އެ އެކްސިޑެންޓުގައި، މަގަށް ނުކުތް ސައިކަލުގައި ތިބީ ދެ ފުލުހުން ކަމަށާ، އެ ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވި ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނި ނަމަވެސް، އެ ދެ ފުލުހުންނަށް ލިބުނު އަނިޔާތަކާއި، އެކްސިޑެންޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ވަނީ ހާމަނުކޮށެވެ.

މި އެކްސިޑެންޓުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އަނިޔާވި ދެ ފުލުހަކަށް މީހުން އެހީތެރިވާ މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ.

ދެ ފުލުހުން ބިންމައްޗަށް ވެއްޓިފައިވާއިރު، އެކަކު ސްޓްރެޗާއަކަށް އަރުވައި، އެމްބިއުލާންސަށް އަރުވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް