އިންޑިއާ އަށް އިއްޔެ ޓީމު ފުރާފައި ވާއިރު، މި މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމުން ތައްޔާރުވުމުގެ ގޮތުން ތަމްރީންތައް ފަށާފައިވަނީ ހުސްވި އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މުބާރާތައް ޓީމު ތައްޔާރުވެފައިވާ މިންވަރާ ގުޅޭ ގޮތުން ކޯޗު އަޙުމަދު ޝާކިރު (ޝާކިއްޓެ) ބުނެފައިވަނީ މިދިޔަ އަހަރުގެ މުބާރާތުން ގުރޫޕު ސްޓޭޖުން ކެޓިނަމަވެސް މިފަހަރު މި ފުރަނީ ވަރަށް އުންމީދުގައި ކަމަށެވެ.
ރާއްޖޭގެ ފުރަތަމަ މެޗު ކުޅޭނީ މޭ 9 ގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗު ކުޅޭނީ މޭ 13 ގައި ބޫޓާނާ ދެކޮޅަށެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމުތަކަށް ސެމީ ފައިނަލްގެ ޖާގަ ލިބިގެންދާނެއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕްގައި އިންޑިއާ އަތުން 1-0 އިން ރާއްޖެ ބަލިވިއިރު، ބޫޓާން އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ސެމީގެ ޖާގައެއް ނުލިބި އެ މުބާރާތުން ވަކިވާން ޖެހުނެވެ.