ކުރީގެ މިނިސްޓަރު އަހުމަދު މަހުލޫފް
ޑިޖިޓަލް ކުރުމުގެ ނަމުގައި އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި
ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް – މަހުލޫފް
ޖުނާން އަޙުމަދު 10 މޭ 2025 (ހޮނިހިރު)   07:12
ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް "މޯލްޑިވްސް 2.0" ގެ ނަމުގައި އިފްތިތާހުކުރެވިގެން ދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު، ރޭ އިފްތިތާހުކޮށް ދެއްވި "މޯލްޑިވްސް 2.0" އަށް އިޝާރާތް ކުރައްވައި ކުރީގެ މިނިސްޓަރު މަހުލޫފް ވިދާޅުވީ، އޭނާ އެކަމާ ސީދާ ދެކޮޅު ކަމަށެވެ.

ރައީސް މުއިއްޒުގެ މި މަސައްކަތަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ދުރާލާ ފެށި މަސައްކަތެއްގެ ގޮތުގައި މަހުލޫފު ސިފަކުރެއްވިއެވެ.

"ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރުވެސް 2 ގަޑިއިރުތެރޭ ސާފުވާއިރު އަދި ޔަގީންކަމާއެކު ބޭނުން މީހަކަށް ވޯޓުދީ، ވޯޓު އޮޅުވާ ނުލެވޭނެކަން އެބަޔަގީންކުރެވެއެވެ."

މަހުލޫފް ވިދާޅުވީ "އިލެކްޓްރޯނިކް ވޯޓުލާ ގައުމުތަކުންވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާއެކު، މިހާރު އެގެންދަނީ އެނިޒާމު ބަދަލުކުރަމުން" ކަމަށެވެ.  

އެހެންކަމާއެކު ރައްޔިތުންގެ ވޯޓާ ކުޅުމުގެ ފުރުސަތު ސަރުކާރަށް ދޭން ބޭނުން ނުވާކަމަށާއި މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަން ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ ހުރިހާ ޒާތީ މައުލޫމާތެއް، ލޯމަރާފަ ސަރުކާރުގެ އަތްމައްޗަށް ދޫކޮށްލާވަރަށް ސަރުކާރަށް އިތުބާރު ކުރެވިދާނެތޯ އެއީ މިއަދު ކޮށްލަން ރަނގަޅު ސުވާލެއް ކަމަށާއި ރައްޔިތުންގެ ހިޔާލާއި އިތުބާރު ނުހޯދާ އެ މަސައްކަތް ކުރިއަށް ގެންގޮސްގެން ނުވާނެކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް