ބ. ގޮއިދޫ ބަނދަރު ސަރަހައްދު - ފޮޓޯ : އޮލިމްޕިކް ކޮމެޓީ
އެއްޖިންސުން ގުޅުން ހިންގުމަށް އެދެމުންދިޔަ ބިދޭސީ ޓީޗަރަކު ގޮއިދޫން ބޭރުކޮށްފި
މަރްޔަމް މުޙައްމަދު 19 މޭ 2025 (ހޯމަ)   11:35
އެއްޖިންސުން ގުޅުން ހިންގުމަށް ދައުވަތުދީ ގިނަބައެއްގެ ކައިރީ އެކަމަށް އެދެމުންދިޔަ ބިދޭސީ ޓީޗަރަކު ބ. ގޮއިދޫން ބޭރުކޮށްލައިފި އެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަކީ ބިދޭސީ ފިރިހެނެކެވެ. އަދި އޭނާގެ ނަމަކީ ގޯރީ ޝަންކަރެވެ.

ބަޔަކުނިކުމެ ޝަންކަރު އަތުލައިގެންފައި ވަނީ ވެސް، ހޮނިހިރު ދުވަހުގެ ރޭ އެއްޖިންސުން ގުޅުންހިންގުމަށް މީހަކަށް ދައުވަތެއްދީ، އެމީހާގެ އިންތިޒާރުގައި ޝަންކަރު މަޑުކޮށްގެން ހުއްޓާކަމަށް ވެސް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

އަދި އޭނާ އަތުލައިގަތުމަށްފަހު ފުލުހުންނާ ހަވާލުކުރުމުން، އޭނާ ގޮއިދޫން ބޭރުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުން އިއްޔެގެ ވަގުތެއްގައެވެ.

ކޮމެންޓް