ސޯލްޓެޑް ފައިބަރ ވޯކްސް އިން ބަނދެ ނިންމާފައިވާ ސަފާރީ ބޯޓެއް.-
ސޯލްޓެޑް ފައިބަރ ވޯކްސް: ނަމަށްވުރެ ބޮޑެތި މަސައްކަތްތައް ކުރޭ
މުޙައްމަދު ޤާސިމް 18 ނޮވެމްބަރ 2025 (އަންގާރަ)   08:16
ސޯލްޓެޑް ފައިބަރ ވޯކްސް އަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ކުންފުންޏެކެވެ.

ކުންފުނީގެ އިދާރީ ހިންގުން މާލޭގައި ގާއިމުވެފައި ވީނަމަވެސް މި ކުންފުނިން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯކްސައިޓްތައް ގާއިމުކޮށް ފެންވަރު ރަނގަޅު އިތުބާރު ހިފޭ ހިދުމަތްތަކެއް އާންމުންނަށް ފޯރުކޮށް ދެމުންނެވެ.

އެގޮތުން ދާދިފަހުން އެކުންފުނިން މިވަނީ، ނ.އަތޮޅުގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އެއަތޮޅު ވެލިދޫގައި ވެސް އެކަށޭނަ، ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ބޯޓުބިލްޑިންގ ސައިޓަކާއި އެކުގައި ދޭންފަށާފައެވެ.

your imageސޯލްޓެޑް ފައިބަރ ވޯކްސް ވެލިދޫ

ފުޅާ ދާއިރާއެއްގައި ހިންގަމުންއަންނަ، މި ކުންފުނިން ވެލިދޫގައި މިހާރު ދެމުން އަންނަ ހިދުމަތްތަކުގެ ތެރޭގައި، ކަނޑުގެ އުޅަނދުތައް ޑިޒައިންކޮށް ބަނދެ މަރާމާތު ކުރުމާއި، ފައިބަރު ކުރުމުގެ ތަފާތު މަސައްކަތްތަކާއި، ކެރޭން ލޮރީއާއި ޕިކަޕް އަދި އެކްސްކަވޭޓަރު ފަދަ ބަރުވެހިކަލްތައް ކުއްޔަށް ދޫކުރުމާއި، ލަކުޑިކެފުމާއި އެންގްރޭވް ނުވަތަ ކަރވް ކޮށްދިނުމުގެ ހިދުމަތް ވެސް ފާހަގަކޮށްލެވެއެވެ.

your imageސޯލްޓެޑް ފައިބަރ ވޯކްސްގެ ކެރޭން ލޮރީއެއް

ވެލިދޫގައި ސޯލްޓެޑް ފައިބަރ ވޯކްސް ކުންފުނީގެ ހިދުމަތްތައް ދެމުން އަންނަނީ އިތުބާރު ހުރި ތަޖުރިބާކާރު ފަންނުވެރިންނާ އެކުގައި ކަމަށްވާއިރު، އެ ސައިޓުގައި މިހާރު ވެސް ނޭވީ އާކިޓެކްޗަރުންނާއި މާވަޑިން އަދި ހެވީވެހިކަލް އޮޕަރޭޓަރުން އަންނަނީ ހީވާގިކަމާއެކުގައި ހަރަކާތްތެރި ވަމުންނެވެ.

your imageސޯލްޓެޑް ފައިބަރ ވޯކްސްގެ ލަކުޑިކެފުމާއި އެންގްރޭވް ނުވަތަ ކަރވްކުރާ މެޝިން

އަދި މީގެ އިތުރުން ވެސް މުޅި ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް ބަލާއިރު، ރިސޯޓުތަކަށާއި ލޯކަލް ޕްރޮޖެކްޓްތަކަށް ވެސް ބޭނުންވާ ގަސްގަހާގެހި ސަޕްލައި ކޮށްދިނުމާއި ލޭންޑްސްކޭޕިންގ ޕްރޮޖެކްޓްތައް ހިންގައިދިނުމުގެ ހިދުމަތް ސޯލްޓެޑް ފައިބަރ ވޯކްސް އިން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުންޏަކީ ސަރުކާރުގެ އެކިއެކި މަޝްރޫއުތަކާއި، ބޮޑެތި ރިސޯޓް ބްރޭންޑްތަކުގެ މަޝްރޫއުތައް ވެސް ހިންގުމުގެ ތަޖުރިބާކާރު މާޒީއެއް އޮތް ކުންފުންޏެކެވެ.

މިގޮތުން ކޮންސްޓްރަކްޝަން މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ސޯލްޓެޑް ފައިބަރ ވޯކްސް އިން މިހާރު ވެސް ކުރަމުން އަންނައިރު، މިވަގުތު ވެސް އދ.ރަތްދިއްގާ ޓޫރިޒަމަށް ތަރަށްގީކޮށް އެރަށުގައި އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

your imageރަތްދިއްގާ ރިސޯޓް ޕްރޮޖެކްޓް ތަރައްގީ ކުރުމުގެ ތެރެއިން.--

ސޯލްޓެޑް ފައިބަރ ވޯކްސް އިން ބުނަނީ، އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ، ރަނގަޅު ފެންވަރުގެ އިތުބާރުހިފޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާ، ހިދުމަތް ލިބިގަންނަ ފަރާތްތަކާމެދުގައި ކުންފުނިން ރަނގަޅު ގުޅުމެއް އަބަދުވެސް ގާއިމުކޮށް އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.

އަދި ތަޖުރިބާކާރު ހުނަރުވެރި މުއައްޒަފުން ބިނާކޮށް، ހިދުމަތް ލިބިގަންނަ ފަރާތްތަކުން ބަލައިގަންނާނެ، ހިންހަމަޖެހޭފަދަ ދެފުށް ފެންނަ، ފަންނުވެރި ހިދުމަތްތަކެއް ދިނުމަކީ ވެސް ސޯލްޓެޑް ފައިބަރ ވޯކްސްގެ އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ.

ސޯލްޓެޑް ފައިބަރ ވޯކްސް އިން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ކަނޑު އުޅަނދުފަހަރު ބަނދެ މަރާމާތު ކުރުމާއި، ފައިބަރު މަސައްކަތާއި، ލޭންޑްސްކޭޕިންގ އާއި، އަދިވެސް އިތުރު ހިދުމަތްތަކަށް ތިރީގައި ބަލައިލާފައި ވާނެއެވެ:

ބޯޓު ބިލްޑިންގ މަސައްކަތް:

ފައިބަރގްލާސް ފެބްރިކޭޝަން މަސައްކަތްތައް ކުރުމުގެ ގޮތުން، ކަސްޓަމް ޑިޒައިން ކޮށްދިނުމާއި، ކޮންސަލްޓޭޝަން އިން ފެށިގެން ބޯޓު ބިލްޑިންގ އާއި ހަމައަށް ހިދުމަތް ދެމުން އަންނައިރު، އުޅަނދުތައް މަރާމާތުކޮށް ރީފިޓް ކޮށްދިނުން ވެސް ހިމެނެއެވެ.

your imageސޯލްޓެޑް ފައިބަރ ވޯކްސް އިން ބަނދެފައިވާ އުޅަނދެއް

މިގޮތުން ދެމުން އަންނަ ޚިދުމަތް ތަކަކީ:

  • އުޅަނދު ސުޕަރ ސްޓްރަކްޗަރ ޑިޒައިން ކުރުން
  • އުޅަނދުފަހަރުގެ ސާރވޭތަކާއި ވެލިއުއޭޝަންތައް ހެދުން
  • އަލަށް އިމާރާތްކުރުމާއި، ބޯޓު މަރާމާތު ނުވަތަ ރީފިޓްކުރުން
  • ބޯޓު ޓްރައިއަލްސް މެނޭޖްކުރުން
  • މޫދު ނުވަތަ ކަނޑުގައި އުޅަނދު ހަރަކާތްތެރިވާ ހަރަކާތްތެރިވުން ދައްކުވައިދިނުން

ފައިބަރގްލާސްގެ މަސައްކަތްތައް:

ކަސްޓަމް ބޯޓް ބިލްޑިންގ އާއި އެކު، ކުޑަ ނުވަތަ ބޮޑު ކޮންމެ އެޕްލިކޭޝަނަކަށް ވެސް ކަސްޓަމް ފެބްރިކޭޝަންގެ ހިދުމަތް ސޯލްޓެޑް ފައިބަރ ވޯކްސް އިން ފޯރުކޮށްދޭއިރު، އެ ހިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ބޭނުންތެރި އެކަށޭނަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ސެޓްފިކެޓް ލިބިފައިވާ، ސައްހަ، ފަންނުވެރިން އެމީހުންގެ މަސައްކަތްތައް ތަޖުރިބާއަށް ރިއާޔަތްކޮށް، ފުރިހަމަ ކޮށްދެމުން އަންނާނެއެވެ.

 ލޭންޑްސްކޭޕިންގ މަސައްކަތް:

  • ވިޔަފާރި އުސޫލުން ލޭންޑްސްކޭޕިންގ މަޝްރޫއުތައް ހިންގުން
  • ގޭތެރޭގެ މަންޒަރުތަކާއި ބަގީޗާތައް ޑިޒައިންކޮށް ވުޖޫދުކޮށްދިނުން
  • މަގުމަތީގައި ގަސްއިންދައި ތަރުތީބު ޑިޒައިނެއް ހަދައިދިނުން
  • ލޭންޑްސްކޭޕިންގ އަށް ގަސްގަހާގެހި ސަޕްލައި ކޮށްދިނުން

އިތުރު ހިދުމަތްތައް:

  • ލަކުޑީގެ މަސައްކަތްތައް
  • ކަނޑުގެ އުޅަނދުފަހަރާ ގުޅޭ މަޝްރޫއުތައް ބެލެހެއްޓުން
  • ފައިބަރ ގްލާސް ރޯ މެޓީރިއަލްސް ސަޕްލައި ކޮށްދިނުން
  • ފައިބަރގްލާސް އާއި ގުޅުންހުރި ޕްރޮޖެކްޓްތަކުގެ މަޝްވަރާއާއި ޕްރޮޖެކްޓްތައް ބެލެހެއްޓުން
  • ބޮޑެތި ޔޮޓު ފަހަރަށް ކާބޯތަކެއްޗާއި، ރޯ މެޓީރިއަލްސް، އަދި މެރިން ސްޕެއާ ޕާޓްސް ސަޕްލައިކޮށްދިނުން ހިމެނެއެވެ.

--

  • ސޯލްޓެޑް ފައިބަރ ވޯކްސްގެ ހިދުމަތްތަކުގެ އިތުރު ތަފްސީލް އެ ކުންފުނީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް: 7915387 ، 7255668 
ކޮމެންޓް