މިކަމާގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭގެ މައްޗަންގޯޅި އަވަށުގެ ގެއެއްގެ ތެރޭގައި ހާލު ދެރަވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް މިއަދު ހެނދުނު ލިބުމާ ގުޅިގެން އެމީހާ އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންދިޔަ ކަމަށެވެ.
އަދި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާ، މަރުވެފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ.
ފުލުހުން އިތުރަށް ހާމަކުރީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަކަމަށެވެ.
ހުސްވި މެއިމަހު ވެސް މާލޭގެ ގެއެއްގައި މަރުވެފައި އޮތް 46 އަހަރުގެ ފިރިހެނަކު ފެނިފައިވާ ކަން ފާހަގަކޮށްލެވެއެވެ.