ޒުވާން ހޮޓެލިއާ އެވޯޑް ކާމިޔާބު ކުރެއްވި ފަތުހުﷲ ނަސީރު.-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
ހޮޓެލިއާ މޯލްޑިވްސްއިން ފަތުރުވެރިކަމުގެ ޚިދުމަތްތެރިންނަށް އެވޯޑް ދީފި
ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ހަތަރު ބޭފުޅަކަށް ޝަރަފުވެރި ޚާއްސަ އެވޯޑެއްވެސް ދީފައިވޭ
ފިޔެސް 15 ޖޫން 2025 (އާދީއްތަ)   09:30
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވައި އެ ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025 ބާއްވައިފި އެވެ.

ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގައި ރޭ ބޭއްވި މި ރަސްމިއްޔަތުގައި 23 މީހަކަށް އަދި 4 ޓީމް ކެޓަގަރީއަކުން އިނާމު ދިނެވެ.

އެވޯޑް ދިން ކެޓަގަރީ ތަކާއި އެވޯޑް ލިބުނު ފަރާތްތައް:

  1. ޒުވާން ހޮޓެލިއާ: ފަތުހުﷲ ނަސީރު - ބާސެލޯ ވޭލް ލެގޫން، ބާސެލޯ ނަސަންދުރާ މާލެ
  2. ވެލްނަސް ޕާސަނަލިޓީ: އައި ގުސްތި އަޔޫ އަރިއާނީ - ކޯރާ ކޯރާ ރިސޯޓް މޯލްޑިވްސް
  3. ކޮންސިއާޖް/ގެސްޓް ސާވިސް ޕާސަނަލިޓީ: މަރްޔަމް ޝަގާފް - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
  4. ސެކިއުރިޓީ އޮފިސަރު: އަހުމަދު ޖަމްޝީދު - ސަން ސިޔާމް އިރު ވެލި
  5. މެރިނަރު: އަހީޖް އަބްދުލްގާދިރު - ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް
  6. ލޭންޑްސްކޭޕަރު: ދަކްޝިނާ މޫރުތީ ތަންކަރާޖަން - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
  7. ހައުސްކީޕަރު: މުހައްމަދު އަސްލަމް - ޝެވަލް ބްލާންކް ރަންދެލި
  8. އައިޓީ ޕާސަނަލިޓީ: ހުސައިން ސާމިއު - މިލައިދޫ މޯލްޑިވްސް
  9. އިންޖިނޭރު: މުހައްމަދު ޝަހީމް - ދިގަލި މޯލްޑިވްސް
  10. ޕްރޮކިއުމަންޓް ޕާސަނަލިޓީ: ހާއްވާ ނާޒިމާ - ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
  11. އޭވިއޭޓަރު: ނާއިފް އަބްދުއްރަހުމާން - މަންޓާ އެއާ
  12. އެފްއެންޑްބީ ޕާސަނަލިޓީ: މުހައްމަދު ޒައީމް - ކޮންރާޑް މޯލްޑިވްސް ރަންގަލި
  13. އަހަރުގެ ޝެފް އަދި ބީބީއެމް ޗެއާމަންގެ ހާއްސަ އެވޯޑް: އަހުމަދު ޖަމީލް - ވަންއެންޑްއޯންލީ ރީތި ރަށް
  14. އެޗުއާރު އެންޑް ޓްރެއިނިން ޕާސަނަލިޓީ: އިސްމާއިލް އިސާމް - ކުރުނބާ މޯލްޑިވްސް
  15. ވޯޓަސްޕޯޓްސް ޕާސަނަލިޓީ: އަލީ ސިރާތު - ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ
  16. ޑައިވިން ޕާސަނަލިޓީ: އާޒިމް ނަސީރު - ދުސިތު ތާނީ މޯލްޑިވްސް
  17. އެއާޕޯޓް ރެޕްރެޒެންޓެޓިވް: ހުސައިން ވަހީދު - ވަންއެންޑްއޯންލީ ރީތި ރަށް
  18. ފައިނޭންސް ޕާސަނަލިޓީ: އަރުނާ ޕްރިޔާ ޖަޔަސިންހެ ނިއްސަންގްކަގެ - އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓް އަދި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް
  19. ސޭލްސް ޕާސަނަލިޓީ: އަލިއާ ކޯޝިކޯވާ - ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
  20. ޕީއާރު އެންޑް ކޮމިއުނިކޭޝަންސް ޕާސަނަލިޓީ: ސީމާ މިސްރާ - އެޓްމޮސްފިއާ ކޯ
  21. މާކެޓިން: ހާލިދު ޖައްރާހު - ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި
  22. ރިސޯޓް މެނޭޖަރު: އައުސީ ވަސީމް - ސިޔާމް ވޯލްޑް
  23. ޖެނެރަލް މެނޭޖަރު: މުހައްމަދު އަޝްރަފް - ޖުމެއިރާ އޮޅަހަލި އައިލެންޑް މޯލްޑިވްސް

your imageމިއަހަރުގެ އެވޯޑް ލިބިލެއްވި ފަރާތްތައް.-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

އެވޯޑް ދިން ކެޓަގަރީ ތަކާއި އެވޯޑް ލިބުނު ޓީމުތައް:

  1. ރިސޯޓް ޓީމް: ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ
  2. ތަމްރީނު ޕްރޮގްރާމް: ދަ މެރިއޮޓް ކުރިމަގު ލީޑަޝިޕް ޕްރޮގްރާމް
  3. ދެމެހެއްޓެނިވި ތަރައްގީގެ ޗެމްޕިއަން: އޯޒެން ލައިފް މާދޫ
  4. ސީއެސްއާރް ޕްރޮގްރާމް: ސިކްސް ސެންސަސް ލާމު

މި އެވޯޑްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ހަތަރު ބޭފުޅަކަށް ޝަރަފުވެރި ޚާއްސަ އެވޯޑެއްވެސް ދިނެވެ.

"ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ޑެޑިކޭޓެޑް ސާވިސް އެވޯޑް" ގެ ނަމުގައި ދިން މި އެވޯޑު ލިބިވަޑައިގަތް ބޭފުޅުންނަކީ:

  1. ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގެ ހައުސްކީޕިން މެނޭޖަރު މުހައްމަދު ހާޝިމް
  2. ބަނޑޮސް މޯލްޑިވްސްގެ އިންޖިނިއަރިން މެނޭޖަރު މުހައްމަދު ފުއާދު
  3. ވިލާ ރިސޯޓްސްގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަލީ ރަޝީދު އާދަމް
  4. 50 އަހަރުގެ ޚިދުމަތަށް ފަހު، ކޮކޯ ބޮޑުހިތި ރިސޯޓްގެ ރެސްޓޯރަންޓް މެނޭޖަރުގެ މަގާމުން މި އަހަރު ރިޓަޔާކުރެއްވި ހުސައިން މަނިކުފާނު

your imageޑެޑިކޭޓެޑް ސާވިސް އެވޯޑް ލިބިލެއްވި ބޭފުޅުން.-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

މި ހަތަރު ބޭފުޅުންނަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ.

މުޙައްމަދު ހާޝިމް ކަނޑޫމާ ރިސޯޓުގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ ގާޑްނަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އެފްއެންޑްބީ، މެރިން އޮޕަރޭޝަންސް އަދި ހައުސްކީޕިން ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އޭނާ ވަނީ، ކަނޑޫމާގައި 38 އަހަރު ހޭދަކުރައްވައިފައެވެ.

މުޙައްމަދު ފުއާދު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފެއްޓެވީ 1979ގައި ބަނޑޮހުގެ ޕަވަހައުސް ޑްރައިވަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އިންޖިނިއަރިން ދާއިރާގައި ކުރިއަރަމުން ގޮސް 2001ގައި އިންޖިނިއަރިން މެނޭޖަރުގެ މަގާމާ ހަމައަށް ވަޑައިގެންނެވިއެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން ބަނޑޮހުގައި ވަނީ ގިނަ މަޝްރޫއުތަކެއް ހިންގަވާފައިފައެވެ.

ހުސައިން މަނިކުފާނު ފަތުރުވެރިކަމުގައި 50 އަހަރު ހޭދަކުރައްވާފައި ވާއިރު، އޭނާ މަސައްކަތް ފެއްޓެވީ ލޯންޗު އޮޕަރޭޝަންސްގައެވެ. އޭގެ ފަހުން ކުރުނބާ، ލޮހިފުށި އަދި ކޮކޯ ޕާމް ދުނިކޮޅު ފަދަ ރިސޯޓުތަކުގައި އެފްއެންޑްބީ ދާއިރާގައި މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން މަސައްކަތް ކުރެއްވީ ކޮކޯ ބޮޑު ހިތީގެ ރެސްޓޯރަންޓް މެނޭޖަރެއްގެ ގޮތުގައެވެ.

އަލީ ރަޝީދު އާދަމް ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގަތީ 1992ގައި ވިލާ ގްރޫޕްގެ ރިޒަވޭޝަން ސިސްޓަމް ތައްޔާރުކުރުމުގެ މަސައްކަތުގައި ސޮފްޓްވެއާ ޑިވެލޮޕަރެއްގެ ގޮތުގައެވެ. އޭގެ ފަހުން އޭނާ ވަނީ ސޭލްސް އަދި މާކެޓިންގައި މަސައްކަތް ކުރައްވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ޗައިނާ އަދި އިންޑިއާ ފަދަ މުހިންމު މާކެޓްތައް ތައާރަފުކުރުމުގައި އަލީ ރަޝީދު އާދަމް ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ޓުއަ އޮޕަރޭޓަރުން ކުރިއެރުވުމަށް އޭނާ އެހީތެރިވެވަޑައިގެންނެވިއެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން ފާހަގަކޮށް އިނާމު ދޭ ހަމައެކަނި ޕްލެޓްފޯމެވެ.

މި އެވޯޑް ދޭންފެށީ މިދިޔަ އަހަރު އެވެ. އެފަހަރު މި އެވޯޑަށް 300އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު، 100،000އަށް ވުރެ ގިނަ މީހުން ވޯޓު ދިނެވެ. މި އަހަރުގެ އެވޯޑަށް 450އަށް ވުރެ ގިނަ މީހުން ކުރިމަތިލައި، 600،000އަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެ އެވެ.

އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ޖަޖުންގެ މާކްސްގެ %60 އަދި ވޯޓު ލިބޭ ނިސްބަތުން %40 ހިމަނައިގެންނެވެ.

ކޮމެންޓް