އެ އަންހެންމީހާ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
އަންނަ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ މި އަމުރާ ގުޅިގެން ހޯދަމުން އަންނަނީ ސާމިޔާ މުޙައްމަދު 57އ. އަތަމާގެ ތ. ވިލުފުށްޓެވެ.
ސާމިޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށްދިނުމަށް އާންމުންގެ ފަރާތުން ފުލުހުން ވަނީ އެދިފައެވެ.