މިކަމާގުޅޭގޮތުން ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ހުއްދަނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރި ކަމަށް މިއަދު ހެނދުނު 6:00 އެހާކަށް ހާއިރު ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ތަނުގެ ތަޅު ހަލާކުކޮށްލައިގެން އެ މީހާ އެ ތަނުން ނެރުނު ކަމަށެވެ.
އަދި އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާ، އެއީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މީހާގެ ސިއްހީ ހާލަތު ބެލުމުގެ ކަންކަން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްގެން މިހާރު ބަލަމުންދާ ކަމަށާ، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފާހަގަވާން ނެތްކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވިއެވެ.