މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު އަބްދުﷲ އަވަހާރަވީ އިންޑިއާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މަރުޙޫމް ސައީދު އަބްދުﷲ އަކީ 20 އަހަރަށްވުރެ ގިނަދުވަހު ސަރުކާރަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތުރާކުނު ކަތީބުކަން ގިނަ ދުވަހެއް ވަންދެން އަދާކުރެއްވިއެވެ.
މިނިސްޓަރު ސައީދުގެ ބައްޕަ އަވަހާރަ ވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
"މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެކެވެ. މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ." ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ.
މަރުޙޫމް ސައީދު އަބްދުﷲ އަވަހާރަވިއިރު އޭނާގެ 6 ފިރިހެން ބޭފުޅުން އެބަ ތިއްބެވިއެވެ.