ފުވައްމުލަކުގައި ހިނގާފައިވާ އެކްސިޑެންޓެއް، ރޭ އެރަށުގައި ހިނގި އެކްސިޑެންޓްގައި ކުއްޖަކު ވަނީ ނިޔާވެފައި.--
އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މަރްޔަމް މުޙައްމަދު 6 އޯގަސްޓް 2025 (ބުދަ)   08:56
ފުވައްމުލަކުގައި ސައިކަލުގައި ދުއްވާފައި ދިޔަ ކުއްޖަކު އެކްސިޑެންޓްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނިޔާވެއްޖެއެވެ.

ރޭ ހިނގާދިޔަ މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިއަދު ހެނދުނު އާންމުކުރި މައުލޫމާތުގައި ބުނީ އެކްސިޑެންޓް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގި ގޮތަ ގުޅޭގޮތުން ފުލުހުން ބުނީ ފުވައްމުލަށް ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތިއެއްގައި ޖެހުނީ ކަމަށެވެ. 

އެކްސިޑެންޓްގައި ސައިކަލް ދުއްވާފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ ކުއްޖަ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވަނީ ރޭ 3:38 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް