ރައީސް މުއިއްޒު އިންޑިއާއަށް މަރުހަބާ އާއި ތަހުނިޔާ ދެންނެވުމަށްޓަކައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ އިތުބާރު ކުރެވޭ ތަރައްގީގެ ޕާޓްނަރެއް ކަމަށާ، އިންޑިއާގެ އިސް އޮފިޝަލުން ރާއްޖެ ވަޑައިގެން، ރާއްޖޭގެ އޮފިޝަލުން އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާތީ ޝުކުރުވެރިވާ ކަމަށެވެ.
އަދި އިންޑިއާގެ ރައްޔިތުންނާއި ދިވެހިންނާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ވެސް ރައީސް މުއިއްޒުގެ އެކްސް ޕޯސްޓްގައި ފާހަގަ ކުރައްވާފައި ވާއިރު، އެމަނިކުފާނަކީ "އިންޑިއާ އައުޓް" ގެ ނަމުގައި ބޮޑު ކެންޕޭނެއް ހިންގަވައިގެން ރައްޔިތުންނަށް އެތަކެއް އޮޅުވާލުންތަކެއް އޮޅުވާލުމަށްފަހު ވެރިކަމަށް ވަޑައިގެން ބޭފުޅެއް ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.
އިންޑިއާ އާ މެދުގައި އެމަނިކުފާނު ގެންގުޅުއްވި ނަފުރަތުގެ ސިޔާސަތުތައް ފެއިލްވާން ދިމާވި ސަބަބަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަރަށްބޮޑަށް ދައްވެ، އެއްވެސް ގައުމަކުން، ހާއްސަކޮށް ރައީސް މުއިއްޒު އެންމެ އުންމީދުކުރި ޗައިނާ އިން ވެސް އެހީތެރި ނުވުމުން، މާލީ ދަތިތަކާހެދި އިންޑިއާއާ އަލުން ގުޅުން ބަދަހި ކުރަން މަޖުބޫރުވި އެވެ.