ސަލާހު ޕީއެފްއޭ އިން ހޮވާ ޕްލޭޔާ އޮފަ ދަ އިޔާ އެވޯޑާއެކު - ފޮޓޯ: އެސްއައި ސޮކަރ
ޕީއެފްއޭ އިން ހޮވާ ޕްލޭޔާ އޮފަ ދަ އިޔާ އެވޯޑު ސަލާހަށް
ސަލާހުއަކީ މި އެވޯޑު 3 ފަހަރެއްގެ މަތިން ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާ
ޖުނާން އަޙުމަދު 20 އޯގަސްޓް 2025 (ބުދަ)   09:31
ޕީއެފްއޭ (ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން) ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު " ޕްލޭޔާ އޮފަ ދަ އިޔާ" ލިވަޕޫލުގެ މުޙައްމަދު ސަލާހު ހޯދައިފިއެވެ.

އިނގިރޭސި ފުޓުބޯޅައިގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ މި އެވޯޑު ސަލާހު ހޯދީ، މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގައި 18 އެސިސްޓު ފޯރުކޮށްދީ 29 ލަނޑު ކާމިޔާބު ކޮށްގެންނެވެ.

މީގެ ކުރިން 2017-2018 ވަނަ ސީޒަން އާއި، 2021-2022 ވަނަ އަހަރުގެ ސީޒަނުގައި ވެސް މި އެވޯޑު އޭނާ ހާސިލުކޮށްފައި ވާއިރު މި އަހަރުގެ އެވޯޑު ސަލާހަށް ލިބުމުން މިއީ އޭނާއަށް މި އެވޯޑު ލިބުނު ތިންވަނަ އަހަރުކަމުގައި ވެގެން ދެއެވެ.

އެއާއެކު މި އެވޯޑު ތިން ފަހަރެއްގެ މަތިން ހާސިލުކުރި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ވެސް ސަލާހު ވެގެންގޮސްފައި ވެއެވެ.


ކޮމެންޓް