ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ދަރުބާރު
ރެފެރަންޑަމް ބިލު ދިރާސާ ކުރާ ކޮމިޓީ ސިއްރުކޮށްފި
ޖުނާން އަޙުމަދު 2 ސެޕްޓެމްބަރ 2025 (އަންގާރަ)   17:56
ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން އާންމުންގެ ވޯޓަކަށް ދެވޭ ގޮތަށް އޮތް 'ރެފެރަންޑަމް ބިލު' ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

ހާޒިރުވެ ތިބި މެންބަރުންގެ އިއްތިފާގުން އެ ކޮމެޓީ ސިއްރު ކޮށްފައި ވާއިރު، ކޮމެޓީ ސިއްރު ކުރަން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރާ މި ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅި ބިލެކެވެ. ނަމަވެސް މިއަދު ބޭއްވި ކޮމެޓީގެ މަސައްކަތް ކުރިއަށްދާ ގޮތް ސިއްރު ކުރި ސަބަބު އެ ކޮމެޓީން ހާމައެއް ނުކުރި ނަމަވެސް އެ ކޮމިޓީގައި މިއަދު އޮތީ ބިލް ދިރާސާ ކުރުމުގެ މަސައްކަތެވެ.

ރެފެރަންޑަމް ބިލުގައި ވާގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އާއި، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ އެވެ.

އާންމުންގެ ވޯޓަކަށް ދެވޭ މިނޫންވެސް ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު އަދި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، މަޖިލީހުން ފާސް ކުރާ ބިލު ތަސްދީގު ކުރާ ގޮތާއި، ދިވެހިރާއްޖޭގެ ސަރަހައްދު ބަދަލު ކުރުން ވެސް ހިމެނެ އެވެ.

ކޮމެންޓް