ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން
ގައުމު ސަލާމަތްކުރަން އައިމީހުން 38 ބިލިޔަނަށްވުރެ މަތިން ދަރުވާލައިފި
މަރްޔަމް މުޙައްމަދު 6 ސެޕްޓެމްބަރ 2025 (ހޮނިހިރު)   11:01
ގައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭ 38 ބިލިޔަނަށް ވުރެ މަތިން ދައުލަތް އިތުރަށް ދަރުވާލައިފި ކަމަށާ، އިސްލާހީ ފިޔަވަޅުތައް ނޭޅި ހާލަތު މިދަނީ އިހުނަށްވުރެ ގޯސްވަމުން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ، މި ސަރުކާރުން ދައުލަތް އިތުރަށް ދަރުވާލައި، ހާލަތު މިދަނީ އިހުނަށްވުރެ ގޯސްވެ، ޑޮލަރުގެ އަގު މިހާރު ހުރީ 20 ރުފިޔާއިން މަތީގައި ކަމަށާ، އާފަލުގެ އަގު ވެސް ހުރީ 10 ރުފިޔާއިން މަތީގައި ކަމަށް ޢަލީ ޙުސައިންގެ ޕޯސްޓުގައި ފާހަގަކުރައްވައިފައިވެއެވެ.

"ގައުމު ސަލާމަތް ކުރަން ކަމަށްބުނެ އައިމީހުން 2 އަހަރުގެ ތެރޭގައި 38.1 ބިލިޔަން ރުފިޔާއިން ދައުލަތް އިތުރަށް ދަރުވާލައިފި. އިސްލާހީ ފިޔަވަޅުތަކެއް ނޭޅޭ. ހާލަތު މިދަނީ އިހުނަށްވުރެ ގޯސްވަމުން. ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީހައި. އާފަލުގެ އަގު 10 ރުފިޔާއިން މަތީގަ." ޢަލީ ޙުސައިން ވިދާޅުވިއެވެ.

މުސާރަޔާއެކު ބޮޑެތި ހައުސިން އެލެވެންސްތައް އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދިނުމަށް އެގައުމުން ފާސްކުރުމާ ގުޅިގެން، އާންމުން ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންދާތީ ސަރުކާރަށް ޕްރެޝަރު ބޮޑުވެ، އެ ގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ އެ ސަރުކާރުގެ ބައެއް އިނާޔަތްތައް ކަނޑާލަން ނިންމާފައި ވާތީ އެކަމާ ގުޅުވާ ޢަލީ ޙުސައިން ވިދާޅުވީ ރާއްޖޭގައި ވެސް ކަންކަން އިސްލާހު ކުރަން ފަށާނީ ގައުމުގެ ކަންކަން އެހާ ހިސާބަށް ގޮސްގެން ކަމަށެވެ.

ކޮމެންޓް