ގެއްލިގެން ހޯދާ ނޭޕާލް އަންހެނެއް ކަމަށްވާ، ޕޫރްނީމާ ގަޖްމާ
19 އަހަރުގެ ނޭޕާލް އަންހެނެއް ގެއްލިގެން ހޯދަނީ
މާލެއިން އޭނާ ގެއްލުނުތާ މިއަދަށް މިވީ ދެ ދުވަސް
މަރްޔަމް މުޙައްމަދު 24 އޮކްޓޯބަރ 2025 (ހުކުރު)   22:40
މާލާގައި އުޅުނު 19 އަހަރުގެ ނޭޕާލް އަންހެނެއް ގެއްލިގެން ހޯދަންފަށައިފިއެވެ.

ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފައިވާ، ޕޫރްނީމާ ގަޖްމާ މިހާރު ގެއްލުނުތާ ދެ ދުވަސްވެއްޖެއެވެ.

ފުލުހުން ބުނީ، އޭނާ މިދިޔަ އަންގާރަ ދުވަހުގެ 14:00 އެހާކަންހާއިރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށާ، އިއްޔެ އިރުއޮއްސި 18:56 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭނާ ހޯދުމުގެ ގޮތުން  އެ މައުލޫމާތު ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ އުޅޭތަނަކާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ހޯދިފައި ނުވާއިރު، ފުލުހުން ވަނީ، އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައެވެ.

ކޮމެންޓް