
މިއަދު ހަވީރު ސައިފޮދަށް ރައީސް އިބޫ ވަޑައިގެންނެވުމުން އެ އާއިލާއިންނާއި އަދި ވެސް އެހެން ބައެއް ފްލެޓުގައި ދިރިއުޅޭ އާއިލާތަކުން ވެސް ވަނީ، އެފަދަ ބޯހިޔާވަހިކަމެއް ހޯއްދަވައިދެއްވި ކަމަށްޓަކައި، އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އިބޫ އެ އާއިލާއާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވަމުން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެ މަނިކުފާނުގެ ޒައާމަތުގައި މާލެސަރަހައްދުގެ ގިނަ ރައްޔިތުންތަކަކަށް ފުރިހަމަ ބޯހިޔާވަހިކަމެއް ހޯއްދަވައިދެއްވުނީތީ އުފާފުޅުކުރައްވާ ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން އަދިވެސް އެ ފްލެޓުތަކާއި ކުޅުއްވަން އުޅުއްވާކަމީ ނުހަނު ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް ރައީސް އިބޫ ވިދާޅުވިއެވެ.
ރައީސް އިބޫގެ އަރިހުގައި، ފްލެޓުވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަނިއްޔާއެއް ކަމަށްވާ، ފަހި ޔޫނިއަންގެ ރައީސް އިބްރާހީމް ނޫރައްދީން އާއި ފަހި ޔޫނިއަންގެ ފައުންޑަރ އިސްމާޢީލް ނާއިފް ވެސް ވަޑައިގެންނެވިއެވެ.
އެފްޑީސީ ފްލެޓަށް ރައީސް އިބޫ ހަވީރުގެ ސައިފޮދަށް ވަޑައިގެންނެވުން - ފޮޓޯ: އެމްޑިޕީ
ރައީސް އިބޫ މިފަދައިން ވިދާޅުވެފައި ވާއިރު، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް މިއަދު ވިދާޅުވެފައި ވަނީ، އެމްޑީޕީ ސަރުކާރުން މާލޭގެ ރަށްވެހިންނަށް ދީފައިވާ ގޯއްޗާއި ފްލެޓު އެދިންތާކުން ދިން ވަރަކަށް ދޭންޖެހޭނެ ކަމަށާ، އެތަންތަން ނުވެސް އަތުލެވޭނެ ކަމަށެވެ.
އެކްސްގައި ޕޯސްޓުކުރައްވާ މިއަދު އާޒިމް ވިދާޅުވީ، އިޖްތިމާއީ މައްސަލަތަށް މިހާބޮޑުވެފައިވަނީ ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބި ދަތިހާލުގައި އުޅެންދެހިފައި އޮތުންކަން ނޭނގޭ އެކަކުވެސްނެތް ކަމަށާ، އެހެންކަމުން ދަފްތަރުގައި އާއި، ކުދި ފްލެޓު ތަކުގައި ތިބި، ރައްޔިތުންނަށް ގޯތިދޭން ނިންމާފައިވާ އުތުރުތިލަފަޅުން ގޯތި ދިނުން އަވަސް ކުރަންޖެހޭ ކަމަށެވެ.
މި ސަރުކާރުން އެކަންކަން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓްތައް އެ ދިން ގޮތަށް ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށާ، އެއްވެސް ހާލެއްގައި އެ އެއްޗެހި އަނބުރާ އަތުނުލެވޭނެ ކަމަށެވެ.
އެފްޑީސީ ފްލެޓަށް ރައީސް އިބޫ ހަވީރުގެ ސައިފޮދަށް ވަޑައިގެންނެވުން - ފޮޓޯ: އެމްޑިޕީ
އަދި މީގެއިތުރުން، ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތަށް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ ބަދަލުގައި، އެކަންކަމުން ސިޔާސީ މަންފާ ނަގައި، މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތް މިސަރުކާރުން ހަދަމުން އަންނަކަމަށް ބުނެ "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓު" މި ނަމުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ރޭ ވަނީ އެއްވުމެއް ވެސް ބާއްވާފައެވެ.
ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ އެ އެއްވުމުގައި ސަރުކާރަށް 6 ޑިމާންޑެއް ވެސް ހުށަހަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ. އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފިނަމަ، މި މަހުގެ 17 ގައި އެމްޑީޕީން ބާއްވާ، ބޮޑުމުޒާހަރާގެ ފަހުން ސިލްސިލާ އެއްވުނަތަކެއް މޭލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށް ވެސް ރޭގެ އެއްވުމުގައި އެމްޑީޕީން ވަނީ ބުނެފައެވެ.
ބޯހިޔާވަހި ކަމުގެ އެއްވުމުގައި ރޭ އިއްވި 6 ޑިމާންޑަކީ:
އެއްވުމުގެ ބައިވެރިން ޖުމްލަގޮތެއްގައި ގޮވާލާފައި ވަނީ، ކުރީ ސަރުކާރުން ބިންހިއްކުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓައި ނުލައި ކުރިއަށް ގެންދިޔުމަށް، ރައީސް މުއިއްޒަށް ގޮވާލައްވާކަމަށާ، ބޯހިޔާވަހިކަމާއި ގެއްލިފައިވާ އެހެން ހައްގުތައް ހޯދުމަށް މެދުކެނޑުމެއްނެތި މިވަނީ މުޒާހަރާކުރަން ޖެހިފައި ކަމަށްވުމުން، މަގުމައްޗަށް ނުނިކުމެ ދެން ނުތިބެވޭނެ ކަމަށެވެ.
އެހެންކަމުން މި މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް، ވީހާ ވެސް ގިނަ ބަޔަކު ނުކުންނަން ޖެހޭ ކަމަށް، ރޭގެ އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ތަކުރާރުކުރެއްވިއެވެ.




