
ފުލުހުން ބުނިގޮތުގައި، ހުޅުމާލެ 2 ގެ ނިކަގަސް މަގުގައި ރޭ ހިނގި މި އެކްސިޑެންޓުގައި ނިޔާވީ އުމުރުން 19 އަހަރުގެ ކ. ދިއްފުށި، ލައިޓް ގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް އެވެ.
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި ރަޔާން ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނެފައި ވެއެވެ.
އެކްސިޑެންޓްގައި ނިޔާވި، އިސްމާއިލް ރަޔާން ބިން ނާޒިމް.-
ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ނިކަގަސް މަގުގެ "ވަންވޭ" އާ އިދިކޮޅަށް ބާރު ސްޕީޑުގައި ބާރަށް ދުއްވި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ.




