ކާރުގައި ރޯވި އަލިފާން ނިއްވަން ސިފައިން މަސައްކަތްކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް
ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެ އަނދައިފި
ފިޔެސް 13 ނޮވެމްބަރ 2025 (ބުރާސްފަތި)   07:34
އައްޑޫ ސިޓީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ރޭ 22:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 23:11 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް