
އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅުއްވި މި އިސްލާހު 54 ފާސްކޮށްފައި ވާއިރު، އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރެކެވެ.
ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުން ކަމަށް، އެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ އިރު، ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުން ކަމަށް ވެސް އެ އިސްލާހުގައި ހިމާނާފައި ވެއެވެ.
ކައުންސިލުތަކުގައި އަންހެން މެންބަރުން ތިބުން ވެސް އެ ބަދަލުގައި ލާޒިމުކޮށް، ތިން ކައުންސިލަރުން ހޮވާ ރަށްތަކުގައި މަދުވެގެން އެއް މެންބަރަކީ އަންހެނަކަށް ވާންޖެހެއެވެ. އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުގައި ދެ ކައުންސިލަރުންނަކީ އަންހެނުންނަށް ވެސް ވާންޖެހެއެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން 3،000 އަށްވުރެ މަދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ގިނަ އާބާދީތަކަށް ހަތް ކައުންސިލަރުން ހޮވާއިރު، ރަށު ކައުންސިލްތަކުގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ އަދި ފުވައްމުލައް ސިޓީ ކައުންސިލްގައި ތިބޭނެ ކައުންސިލަރުންގެ އަދަދު ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިހާބު ކުރާ އަދަދު އެ ބިލުގައި ހިމަނާފައިވާ ގޮތް ތިރީގައި އެވަނީއެވެ:
ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގައި ތިބޭ މެންބަރުންގެ އަދަދަކީ ލާމަރުކަޒީ ގާނޫނުގައި ބަޔާން ކޮށްފައިވާ އަދަދު ކަމަށް، އެ އިސްލާހުގައި ބުނެފައި ވީނަމަވެސް، ލޯކަލް ކައުންސިލް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ހުރި ބައެއް މާއްދާތަކުން އަތޮޅު ކައުންސިލް އުނިކުރުމަކީ އެ އިސްލާހުގައި މައިގަނޑުގޮތެއްގައި ހިމަނާފައިވާ ބަދަލުކަން ފާހަގަކޮށްލެވެއެވެ.




