ކަރަންޓު ކެނޑުމުގެ މައްސަލައިގައި އައްޑޫގައި ކުރި މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ:މީސްމީޑިއާ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދުވެސް ކަރަންޓް ކެނޑިއްޖެ
މަރްޔަމް މުޙައްމަދު 20 ފެބްރުއަރީ 2026 (ހުކުރު)   14:49
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދުވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ ހިދުމަތް މެދުކެނޑެމުން ދިޔުމުގެ މައްސަލަ މިހާރު އާންމުކަމަކަށް ވެފައި ވާއިރު، ފެނަކަ ކޯޕަރޭޝަނުން ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ، އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕަވާ ހައުސް ޑައުންވުމުން ކަމަށެވެ.

އައްޑޫ ސިޓީގައި މިދިޔަ ރޯދަ މަހުވެސް ވަރަށް ގިނައިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވާއިރު، އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނާއި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، މިހާތަނަށް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ކަރަންޓު ކެނޑުމުގެ މައްސަލައިގެ އިތުރުން، އެ ސިޓީގެ ފެނުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން މަޝްރޫއެއް އިއުލާންކުރި ނަމަވެސް، އެ މަޝްރޫއުގެ މަސައްކަތް ވެސް އަދި މިވީ ހިސާބަށް ފެށިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކަރަންޓު ކެންޑުނު މައްސަލައިގައި ފެނަކައިން އެންމެފަހުން ބުނެފައި ވަނީ، މިހާރު މައްސަލަ ހައްލުކޮށް ކުރެވިފައިވާ ކަމަށާ، ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް