
ރައީސް މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވާފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދިވެހިރާއްޖެއަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކޮށްފައިވާ މައްސަލައާއި، ބޮންޑެޑް ވެއަރހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެ ބޮންޑެޑް ވެއަރހައުސްއިން ނެރެފައިވާ މައްސަލައާ ގުޅިގެން، ޑެޕިޔުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ގެ މަޤާމުގައި ތިއްބެވި 2 ބޭފުޅަކު ވަކި ކުރެއްވި ކަމަށެވެ. އަދި ކަސްޓަމްސް ގެ އިތުރު 3 މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސް ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަސްޓަމްސް އަށް އެމަނިކުފާނު އަންގަވައިފި ކަމަށެވެ.
ރައީސް ވިދާޅުވިފަދައިން އެދުވަހު މަގާމުން ވަކިކުރެއްވީ ޑެޕިޔުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒު (މާންޑޭ) އެވެ. މަޖިލިސް ކޮމިޓީގެ ލަފާއާއެކު މާންޑޭއަށް ފަހުން ވަނީ މަގާމު އަނބުރާ ދީފައެވެ.
ރައީސް މުއިއްޒު ކުރެއްވި ޕޯސްޓް.-
މިހާތަނަށް އައިއިރު އެ މައްސަލައިގައި ހިމެނޭ އިތުރު 3 މުވައްޒަފުންނާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ. އަދި އެމީހުންނާ މެދު ކަންކުރެއްވުމަށް ރައީސް ވިދާޅުވެފައިވާ އުސޫލުން ކަސްޓަމްސް އިން އަމަލު ނުކުރާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.
މިކަމާ ގުޅޭގޮތުން ކަސްޓަމްސްގެ މީޑިއާ އޮފިސަރަށް މިމަހުގެ 2 ވަނަ ދުވަހު ސުވާލު ހުށަހެޅުމުން، "އަހަރުމެން ގުޅާނަން" ކަމަށް ވިދާޅުވުން ފިޔަވާ އަދި މިހާތަނަށް އިތުރު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރުމުގައާއި ބޮންޑެޑް ވެއާހައުސް އިން ވަގަށް ސިނގިރޭޓް ބޭރުކުރުމުގައި ބައިވެރިވި ކަސްޓަމްސްގެ 3 އޮފިސަރުންނަކީ؛
.
މި މީހުންނާ މެދު ކުރެވުނު ތުހުމަތަށް ފަހުވެސް އަދި އެ މީހުންގެ މައްސަލަ ބެލުމަށް ރައީސް އެންގެވި ފަހުންވެސް އެމީހުން ލައްވާ މުހިންމު މަސައްކަތްތައް ކުރުވަމުން ގެންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
މާންޑޭގެ މަގާމް އިޔާދަކުރަން މަޖިލީހުގެ 241 ކޮމިޓީން ލަފާ ދިނުމާއެކު، މަޖިލީހުން ކަސްޓަމަށް ފޮނުވި ސިޓީގައި ސިނގިރޭޓް ވައްކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮންނާނެ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. އަދި އެ މީހުންގެ މައުލޫމާތު އެންގުމަށްވެސް އެދިފައި ވެއެވެ. މިކަމާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ހަވާލުކުރީވެސް މި މައްސަލައިގައި ހިމެނޭ ސިމާހު އާ އެވެ. އަދި މިމައްސަލަ ޖެހުނު އިރުވެސް ނިޔާޒު ހުރީ ސީ.ޖީ ބިއުރޯގައެވެ. މިހާރުވެސް އެތަނުގައެވެ. މިއީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ މައުލޫމާތެވެ.
ކަސްޓަމްސްގެ އިސް ބައެއް އޮފިސަރުންނާ ގުޅިގެން ހިންގި ބޮޑު ވައްކަންތަކެއް ފަޅާއެރުމުން، ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިކަން އެކަންޏެވެ. ޒިންމާއާއި މަސްއޫލިއްޔަތަށް އައި އެއްވެސް ބަދަލެއް ނެތެވެ. މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އެމީހުންނާމެދު އެޅި ފިޔަވަޅެއް ނެތެވެ.




