
މައުލޫމާތު ލިބޭ ގޮތުގައި ފުލުހުން އެ ފޯނު ހިފަހައްޓާފައިވަނީ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ފޯނު ހިފެހެއްޓީ ދިހަ ދުވަހުގެ މުއްދަތަށެވެ. އެހެން ނަމަވެސް، އެ މުއްދަތު ފާއިތުވެ ދިޔައިރު ވެސް ފޯނު އޭގެ ވެރިފަރާތާ ފުލުހުން ހަވާލެއް ނުކުރެއެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފޯނުގެ ވެރިފަރާތުން އެދިފައި ވަނީ، މުދާ ހޯދުމުގެ އަމުރަކަށް ކަމަށްވާއިރު، އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް، ފުލުހުން އޭނާގެ ފޯނު ހަވާލުކުރުމާ ގުޅިގެން އަމުރަށް އެދުނު މައްސަލަ ބާތިލުުކޮށްދިނުމަށް އެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެެވެ.
މީގެ ކުރީން ވެސް، ހުސްވި 2024 ވަނަ އަހަރުގެ ޖުލައި މަހު ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ހިފެހެއްޓި ފޯނެއް، ހިފަހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއާ ހަވާލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނުކަން ފާހަގަކޮށްލެވެއެވެ.




