
ފުލުހުން ބުނީ. ބްރިޖުގެ މަރާމާތުގެ މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކުރާނެ ކަމަށާ، އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 11:45 ގައި ކަމަށެވެ..
މި މުއްދަތުގައި ޓްރެފިކް ދަތުރުކުރާނެ ގޮތް ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ބުނެ، ބްރިޖުގައި ދުއްވާ ވެހިކަލްތައް ދުއްވުމަށް ގެނައި ބަދަލުތަކާ ޕޯސްޓެއް ވެސް ފުލުހުން އާންމުކޮށްފައި ވެއެވެ.
އެހެންކަމުން އުތުރު ފަރާތު ލޭނު ބަންދުކުރުމުން ދެކުނު ފަރާތު ލޭނުގައި ދެކޮޅަށް ދުއްވޭނެ ކަމަށް އެ ޕޯސްޓުގައި ފުލުހުން ބުނެފައި ވެއެވެ.




