
ފާހަގަކޮށްލެވޭ ގޮތުގައި، އިއްޔެ ސްޓެލްކޯއިން ވަނީ އެ ތަނުގެ ކޭބަލްތައް އާ ކުރުމަށް ކަމަށް ބުނެ އެސަރަހައްދުގައި މަސައްކަތްތަކެއް ފަށާފައެވެ.
މިކަމާ ގުޅީގެން ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ އެ ސަރަހައްދަށް ކަރަންޓުދިނުމަށްޓަކައި، ގެންގޮސްފައިވާ 150 ކިލޯގެ ޖަނަރޭޓަރުގެ ފޮޓޯއެއް ހިއްސާކުރައްވާފައެވެ. އަދި އެ ސަރަހައްދުގައިވާ ކަރަންޓު ކޭބަލް ނެގުމަށް ކޮނުމަށްފަހު, މިހާރު ޓޭޕް އަޅައި އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.
މިކަމާގުޅިގެން ސްޓެލްކޯގެ ބަހެއް ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ލިބޭގޮތް ވަނީ ނުވެފައެވެ.
ސަރުކާރުން ކުރާ ނޭދެވޭ ކަންކަން "ރީސެޓް" ކުރުމަށް ކަމަށް ބުނެ، ބާއްވާ މިރޭގެ ޖަލްސާގައި އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޢަަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު، ސަރުކާރުން މިރޭގެ ޖަލްސާއަށް ހުރަސްތައް ކުރިމަތި ކުރުވި ނަމަވެސް، އެ ޖަލްސާ ކުރިއަށް ދާނެ ކަމަށާ، އެ ޖަލްސާގައި މުހިންމު ކަންތައްތަކެއް އިއުލާންކުރުން އޮންނާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.




