ކަނޑުމަތިން އޮޔާދަނިކޮށް ވ.އަތޮޅުން ފެނުނު ގަބުރެއް
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
ޖުނާން އަޙުމަދު 21 ޑިސެމްބަރ 2025 (އާދީއްތަ)   11:28
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން ފެނިއްޖެއެވެ.

ފުލުހުން ބުނީ، ކ. އަތޮޅު ކަނޑޫމާ ތިލަ ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 21 ވަނަ ދުވަހުގެ 10:17 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށާ، މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާ، އަދި މިކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަރުވެފައި އޮއްވާ ގުޅީފަޅު ކައިރި ކަނޑުމަތިން ހުކުރުދުވަހު ވެސް މީހަކު ފެނިފައިވެއެވެ.

އެ މީހާއަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މުދާ ހިފައިގެން ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލުނު ޗައިނާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އެމީހާގެ ވަނަވަރު ހާމަކޮށް ބުނެފައިވަނީ، އެމީހަކީ ޗެންގް ޖިއާ ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ ޗައިނާ ރައްޔިތެއްކަމަށެވެ.

މާލޭގެ މަޖީދީމަގު ހެންވޭރުކޮޅުގައި ހުންނަ ގެސްޓުހައުސްއެއް ތެރެއިން ވެސް މަރުވެފައި އޮތް މީހަކު ބުރާސްފަތި ދުވަހު ފެނިފައި ވެއެވެ.

އެ ގެސްޓުހައުސްއެއްގެ ތެރެއިން، މަރުވެފައި އޮތް މީހަކު ފެނިއްޖެ ކަމުގެ މައުލޫމާތު ފިޔެސްގެ ރިޕޯޓަރަކަށް ލިބުމުން އެ ސަރަހައްދަށް ގޮސް އެތަނުގައި ތިބި ފުލުހުންނާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ނަމަވެސް އެ ސަރަހައްދުގައި ތިބި ގިނަ އާންމުން ވަނީ އެތަނުގައި އޮތީ މަރުވެފައި އޮތް މީހެއްކަމަށް ބުނެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލާ ވެސް އެ ސުވާލު ފިޔެސް އިން ކުރުމުން ފުލުހުންގެ އެއްވެސް ޖަވާބެއް މިކަމުގައި ނެތް ނަމަވެސް އެތާ ތިބި އާންމުންގެ ފަރާތުން އިތުރަށް ސާފުވި ގޮތުގައި ފެނުނު ފެނުމަށް ބެލެވެނީ އެމީހާ ވަނީ އަމިއްލައަށް މަރުވެފައި ކަމަށެވެ.

ކޮމެންޓް