ބެއާ އެއްގެ ތެރޭ ފޮރުވައިގެން ވަންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މުޙައްމަދު ނަވާޒް، އޭނާއަކީ ފުލުހެއް.--
ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި
ފިޔެސް 21 ޑިސެމްބަރ 2025 (އާދީއްތަ)   14:22
ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

މިއަދު ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ތ.ހިރިލަންދޫ/ދިލާސާގެ މުޙައްމަދު ނަވާޒް (25އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

"މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާ އެއް ބެލިބެލުމުން ފަހާފަހުރި ކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ." ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިމައްސަލާގައި ހައްޔަރުކުރި މުޙައްމަދު ނަވާޒް އަކީ ފުލުހަކަށް ވުމާއެކު، މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މިފަދަ ޖިނާއީ ކުށްތަކުގައި ފުލުހުން ބައިވެރިވަމުންދާ ކަމާއި، އެފަދަ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮމެންޓް