
ފުލުހުން ރޭ ހާމަކޮށްފައިވަނީ، މިދިޔަ އަންގާރަ ދުވަހު ހަވީރު 4:15 ހާއިރު، ގުރޫޕު ހަދައިގެން ތިބި ބަޔަކު ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ޝައްކުކުރެވޭތީ ބަލައި ފާސްކުރަން މަސައްކަތްކުރި ކަމަށާ، ނަމަވެސް އެ މަސައްކަތް ކުރަން އުޅުނު ފުލުހަކަށް ހަމަލާދީ، މާރާމާރީ ހިންގުމުން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އަހުމަދު ރަޒީން 22އ. ކީމީ، ޏ. ފުވައްމުލައް، މިސްކިތް މަގު. ނާފިއު އިބްރާހިމް 30އ. ނަމަން، ޏ. ފުވައްމުލައް. އަދި މުހައްމަދު ލުވޭޒް 19އ. އިރާކުވިލާ، ދ. ވާދޫ އެވެ.
އޭގެ ތެރެއިން 22 އަހަރުގެ މީހާ ފަސް ދުވަހަށް، 30 އަހަރުގެ މީހާ ދެ ދުވަހަށް، އަދި 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.




