ޒަހްރާން މަމްދާނީ ނިއުޔޯކްސޓީގެ މޭޔަރުކަމުގެ ހުވާކުރައްވަނީ - ފޮޓޯ: ސަންޑޭ ގާޑިއަން
ހަތިމުގައި އަތްލައި މަމްދާނީ މޭޔަރުކަމުގެ ހުވާކުރައްވައިފި
މިއީ ނިއުޔޯކް ސިޓީގެ ތާރީހުގައި ވެސް މޭޔަރަކު ހަތިމުގައި އަތްލައިގެން ކުރެއްވި ފުރަތަމަ ހުވާ
މަރްޔަމް މުޙައްމަދު 1 ޖެނުއަރީ 2026 (ބުރާސްފަތި)   14:59
އެމެރިކާގެ އެންމެ ބޮޑު އަދި ތަރައްގީގައި މަޝްހޫރު ސިޓީއެއް ކަމަށްވާ ނިއު ޔޯކްސިޓީގެ މޭޔަރު ކަމުގެ މަގާމަށް އިންތިހާބުވި މުސްލިމް ކެންޑިޑޭޓް ޒަހްރާން މަމްދާނީ ހަތިމުގައި އަތްލައި މިއަދު މޭޔަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މި ފެށުނު 2026 ވަނަ އަހަރާއެކުގައި މަމްދާނީ މަގާމުގެ ހުވާކުރެއްވީ ސިޓީ ހޯލްގެ ދަށުގައި މިހާރު ބޭނުން ނުކޮށް ދޫކޮށްލާފައިވާ ސަބްވޭ ސްޓޮޕެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށާ، އާ އަހަރާ އެކު އޭނާ މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވައިފި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އަނބިކަނބަލުން ރާމާ ދުވާޖީ ހިފަހައްޓަވައިގެން ހުންނެވި މުސްހަފުގައި އަތްޕުޅު ބީއްސަވާ، ޒުވާން މަމްދާނީ ހުވާ ކުރެއްވި އިރު އޭނާގެ އުމުރަކީ 34 އަހަރެވެ. އަދި އޭނާއަކީ ޝިއައީ މުސްލިމެއް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސަބްވޭ ސްޓޮޕެއްގައި މަމްދާނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވި ސަބަބެއްކަމަށް މަމްދާނީގެ އޮފީހުން ބުނީ، އެއީ ވަޒީފާ އަދާކޮށް ބުރަކޮށް މަސައްކަތްކުރާ މީހުންނަށް މަމްދާނީ ވެ ވަޑައިގެންފައިވާ ވައުދުތަކަށް އިހުތިރާމްކުރައްވާނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންގެ ހިތްތަކަށް ވައްދައިދިނުމަށް ކަމަށެވެ.

ނިއުޔޯކުގެ ތާރީހުގައި ވެސް އުފެދުނު އާދަޔާހިލާފު ޝަހުސިއްޔަތެއް ކަމަށް ގިނަބަޔަކު ސިފަކުރާ މަމްދާނީ މޭޔަރުކަމުގެ އިންތިހާބު ކާމިޔާބުކުރައްވާފައި މިވަނީ، އެ ގައުމުގެ ރައީސް އަދި މަހުޖަނު ޑޮނަލްޑް ޓްރަމްޕާއި އަދި ވެސް އެ ގައުމުގެ ބޮޑެތި މުއްސަނދިން އޭނާއަށް އެންޓި ކެމްޕޭން ކުރަނިކޮންނެވެ.

ކޮމެންޓް