
އެކަން ހާމަކޮށް އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުން ވެސް ވަނީ ނިންމާލާފައި ކަމަށެވެ.
މީގެ އިތުރުން، ޕެނަލްތަކުން ފެށިގެން އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ގުޅައިދިނުމަށް ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއްވެސް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްދިން މި 4000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ކުރަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަދުވަސް ވީފަހުން މިހާރު އަންނަނީ އެތަންތަނުގެ ތަޅުދަނޑިތައް ހަވާލުކުރަމުންނެވެ.
އަދި އެތަންތަން މި ސަރުކާރުން ފިނިޝިން ހަދާފައި ހުރިލެއް ފަރުވާކުޑަކަމާއެކު ގިނަ މައްސަލަތަކެއް ހުރުމުން އެކަމުގެ ޝަކުވާ ވެސް ގިނަ އާންމުން އަންނަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ.




