
ކަރެކްޝަނަލް ސާވިސަސް އިން ބުނީ ސައީދު ވަގުތީގޮތުން އިއްޔެ ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލަތުގެ ސަބަބުން ކަމަށާ، ސައީދު މީގެ ކުރިން ވަނީ ސިއްހީ ފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް އެދިފައި ކަމަށެވެ.
ސައީދުގެ މައްޗަށް ހުކުމްކޮށްފައިވާ އެ މައްސަލައަކީ ފެނަކަ އާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2018 ވަނަ އަހަރުވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް 2019 ވަނަ އަހަރު ދޫކޮށް، އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދީފައިވާ ކަމަށް ބުނާ މައްސަލައެކެވެ.
އަދި މި މައްސަލައިގައި ސައީދުގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ 26 ޑިސެމްބަރު 2024 ގައެވެ.
ކުރިމިނަލް ކޯޓުން، އެ މައްސަލައިގައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ނިންމާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.




