އިޒްރޭލުން ލުބްނާނަށް ހަމަލާދެނީ - ފޮޓޯ: ރޮއިޓަރޒްަ
ލުބުނާންގެ 59ސަރަހައްދެއްގައި ހިޒްބުﷲ މީހުން ތިބި ކަމަށްބުނެ އިޒްރޭލުގެ އިންޒާރެއް
ޖުނާން އަޙުމަދު 3 މާރޗް 2026 (އަންގާރަ)   10:04
ހިޒްބުﷲ ގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކެއް ކަމަށްބުނެ ލުބުނާންގެ 59 ސަރަހައްދަކުން މީހުން ހުސްކުރުމަށް އިޒްރޭލުން އިންޒާރުދޭން ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

އެގޮތުން އެ 59 ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އެ ތަންތަން ދޫކޮށް ދިއުމަށް އިްޒްރޭލުން ހަރުކަށި އިންޒާރުތައް ދެމުން އަންނައިރު، އިޒްރޭލު ސަރުކާރާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނަނީ، މި ސަރަހައްދުތަކަކީ ހިޒްބުﷲ ގެ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކެއް ކަމަށް ޔަހޫދީންނަށް މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން މިހާރު ބޮން އަޅަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން މަދުވެގެން 1،000 މީޓަރު ދުރަށް ދިޔުމަށް އިޒްރޭލުން ވަނީ ހަރުކަށި އިބާރާތުން އަންގާފައެވެ.

އިރާނާއި މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހަމަލާތައް ދެމުން އަންނައިރު، މި ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެފަހުން ބުނެފައި ވަނީ، ހަތަރު ފަސް ހަފުތާއަށް މި ހަނގުރާމަ ދިގުލައިގެން ގޮސްދާނެ ކަމަށް ކުރިން ބެލެވިފައި ވީނަމަވެސް މިހާރު އެއަށްވުރެ ދިގުލާނެ ކަމަށް ވެސް ބެލެވިފައި ވާކަމަށެވެ.

ކޮމެންޓް