މަރުވެފައި އޮތް މީހަކު ފެނިގެން އެ ސަރަހައްދު ބަންދުކޮށްފައި.-- ފޮޓޯ: ސޯޝަލް މީޑިއާ
މަރުވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެ
މަރްޔަމް މުޙައްމަދު 13 މާރޗް 2026 (ހުކުރު)   15:04
މަރުވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ، މާލޭ މާފަންނު  ދަކަންދާމަގު ގައި ހުންނަ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް 2026 މާރިޗު 13 ވަނަ ދުވަހުގެ 13:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ ސ.ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު އެވެ. އޭނާގެ އުމުރަކީ 54 އަހަރެވެ.

މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް