
އީރާނުގެ ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސައުތު ޕާސް ފީލްޑްގައި ހުންނަ ގުދުރަތީ ގޭސް ކާރުހާނާތަކަށް ދިން މި ހަމަލާއާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 4.92 އިންސައްތައަށް އުފުލި، ފީފާއެއްގެ އަގު 108.51 ޑޮލަރަށް މިހާރު ވަނީ އަރާފައި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ.
މި ހަމަލާ ދިނުމާ ގުޅިގެން އީރާނުން ވަނީ ޔޫއޭއީ އާއި ގަތަރު އަދި ސައުދީ އަރަބިއްޔާގރ ތެލާއި ގޭސް ކާރުހާނާތަކަށް ހަމަލާ އަމާޒު ކުރާނެ ކަމުގެ އިންޒާރު މިހާރު ދީފައިކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިއީ ތިން ހަފުތާ ކުރިން އިރާނަށް ދޭންފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް ހަމަލާ އަމާޒުވި އެންމެ ބޮޑު ހަކަތަ އުފައްދާ ސައިޓުކަމަށްވާއިރު،
މި ހަމަލާތަކުން ދައްކުވައިދެނީ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް އުފައްދާ ތަންތަނަށް ނުރައްކާ ވެފައިވާ މިންވަރުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ހަމަލާތަކުގެ ސަބަބުން ސައުތު ޕާސް ގޭސް ފީލްޑާ ގުޅުން ހުރި ގިނަ އަދަދެއްގެ ފެސިލިޓީތަކަށް ގެއްލުން ލިބިފައިވާއިރު، އެ ގައުމުގެ ހަކަތައިގެ ސިނާއަތުގެ މައި މަރުކަޒު ކަމަށްވާ އަސަލުޔޭގައި ހުންނަ ތެލާއި ޕެޓްރޯކެމިކަލް ފެސިލިޓީތަކަށް ވެސް ވައިގެ ހަމަލާއެއް ދީފައިވާ ކަމަށް ވެސް އީރާނުގެ ތެލުގެ ވުޒާރާއާ ހަވާލާދީ، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.




