އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން.--
ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތަކީ ވަގުތުގެ ނިއުމަތް - ހުތުބާ
އީދުގައި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަނުދިނުމަށް މިއަދުގެ އީދު ހުތުބާގައި ވަނީ ގޮވާލައްވާފައި
ފިޔެސް 20 މާރޗް 2026 (ހުކުރު)   14:32
މާތް الله ދެއްވި ނިއުމަތްތަކުގެ ތެރެއިން އިންސާނާއެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތަކީ، ވަގުތުގެ ނިއުމަތްކަމަށާ، އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރުމަށް އިސްކަންދޭންޖެހޭކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށް އަލިއަޅުވާލާ މިއަދުގެ ހުތުބާގައި، ކޮންމެ ދުވަހަކީ އަހަރެމެނަށް ދެއްވާފައިވާ ގިނަ ނިއުމަތްތައް ހަނދާންކޮށް އެކަމަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށާ، އެއީ މާތް الله ދެއްވައިފައިވާ އަގުބޮޑު ނިއުމަތްތަކުން މަހުރޫމުވުމުގެ ކުރީން އެ ނިއުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ހަދީސްފުޅެއް ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. އެއީ "ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިއުމަތެއް ވެއެވެ. އެއީ ސިއްހަތާއި ހުސް ވަގުތެވެ." އިސްލާމްދީނުގައި ވަގުތަށް ދީފައިވާ މުހިންމުކަން ހާމަވަނީ، މާތް الله ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތައް ގަންދެއްވައި ހުވައި ވަހީކުރައްވާފައިވުމުން ކަމަށް ވެސް މިއަދުގެ ހުތުބާގައި ވިދާޅުވިވެ.

އޭގެއިތުރުން، މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އޭނާގެ ހަޔާތުން މަދުވެ އަޖަލާ ގާތްކުރުވާކަން ހުތުބާގައި ހަނދާންކޮށްދިނެވެ. ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖާ ކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފުސެއްކަން ފާހަގަކުރައްވައި، މާތް الله ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނަ ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެއީ ކޮންމެ އުންމަތަކަށްވެސް ކަނޑައެޅިފައިވާ ވަގުތެއް (އަޖަލެއް) ވާކަމާއި، އެ ވަގުތު އައުމުން އެންމެ ހިނދުކޮޅަކަށްވެސް ލަސް ނުކުރެވޭނެ ކަމެވެ. އެހެންކަމުން ވަގުތު ފާއިތުވުމުގެ ކުރިން ހެޔޮ އަމަލު ކުރުމަށް ހުތުބާ ނިންމާލަމުން އިލްތިމާސްކުރެއްވިއެވެ.

އީދުގައި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޖާގަނުދިނުމަށް ގޮވާލައްވާ މި ފިތުރު އީދު ދުވަހުގެ ހުތުތުބާގައި ވިދާޅުވީ، ފިތުރު އީދު ދުވަހަކީ އަޅަމެންނަށް ހިދާޔަތް ދެއްވިކަމަށްޓަކައި، މާތްﷲ އަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތްﷲ ގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުވަސް ކަމަށެވެ. އަދި މުސްލިމުންގެ އީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

މި ބާއްޖަވެރި ދުވަހު، މާތްﷲ އަޅަމެންނަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތްތަކުގެ މަތިން ހަނދުމަކުރުމަށް ގޮވާލައްވާ، އެކަލާނގެ އަޅަމެންނަށް ދެއްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ކަމަށާ، މި ދީން މަތީގައި ސާބިތުވެ ތިބުމަށް ވެސް މިއަދުގެ އީދު ހުތުބާގައި ވަނީ ނަސޭހަތްތެރިވެ ވަސިއްޔަތްކުރާފައިފައެވެ.

ކޮމެންޓް