ކުޅުދުއްފުށީ ތޮއްޓަށް ލޯންޗެއް އުރިފައި.-- ފޮޓޯ: ނާއިމް އަލީ ޚަލީލު | އެފްބީ
އީދުގައި ވެސް މޫސުން ގޯސް - މެޓް
މަރްޔަމް މުޙައްމަދު 24 މޭ 2026 (އާދީއްތަ)   12:10
މި ފެށޭ، އީދު ދުވަހާއި އީދު ތެރޭގައި ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާ، ކުރިއަށް އަދި އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށް ވާތީ އެކަމަށް ސަމާލުވުމަށް މެޓް (މޫސުމާ ބެހޭ ގައުމީ އިދާރާ) އިން މިއަދު ބުނެފިއެވެ.

މި މަހުގެ 27 ވާ ބުދަ ދުވަހަކީ، އީދު ދުވަސް ކަމަށްވާއިރު، އީދަށް ހަފުތާއެއްގެ ބަންދެއް ވެސް ލިބޭތީ ގިނަ ބަޔަކު މި ދުވަސްވަރަށް ދަތުރުކުރާވަރު އާދަޔާހިލާފަށް ގިނައެވެ.

މީޑިއާގައި މިއަދު މެޓުން ބުނީ، އީދު ދުވަހު މެދުރާއްޖެ ތެރެއާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު އެބަ އޮތް ކަމަށާ، ދެކުނަށް ކުޑަކޮށް މޫސުން ރީތިވާނެ ކަމަށް ލަފާކުރެވޭއިރު، އޭގެއިތުރަށް، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް އެ ދުވަހު ގަދަވާނެ ކަމަށާ މެދުރާއްޖެ ތެރެއާއި އުތުރަށް ވައި ބާރު ވުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑަށް އެބަ އޮތް ކަމަށެވެ.

ކޮމެންޓް