
މިކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކުރައްވާ ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް ދިވެހިރާއްޖެއަށް ކުރިމަތިވާން ފަށައިފައިވީ ހިނދު، އަޅުގަނޑުމެންގެ މިހާރުގެ މާލީ ހާލަތާއި، ފުދުންތެރިކަމާއި، ތެލާއި، ގެހާއި، ބޭހާއި އަދި ކާބޯތަކެއްޗަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމާމެދު އަންނަނިވި ކަންކަން ފާހަގަކުރެވޭތީ، އެކަމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ހާލަތަކަށް ގޮސްފާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އެ ސިޓީގައި 6 ކަމެއް ކުޑޫ ފާހަގަކުރައްވާފައި ވާއިރު އެ ކަންތައްތައް ތިރީގައި އެވަނީއެވެ:
މިކަންކަން ފާހަގަކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި ދެންނެވި ސަބަބެއް ކަމަށް ކުޑޫ ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭސް އަދި ކާބޯތަކެތި ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާ އަކަށް ވީހިނދު، މިއަދު ދިމާވެގެން މިއުޅޭފަދަ ހާލަތުގައި މިކަންކަން ކަށަވަރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާކަމުގައި ދެކޭތީވެ، މި ކަންކަމާގުޅޭ ގޮތުން މައުލޫމާތު އެއްކުރުމަށާއި، ކުރިއާލާ އަޅާންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް މަޝްވަރާކުރުމަށްޓަކައި ކަމަށެވެ.




