
އިޒްރޭލުގެ ދިމޯނާ އަދި އަރަދްއަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލިފަހުން، ސްކޫލުތައް ބަންދުކޮށްފައި ވީނަމަވެސް، އޮންލައިން ކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާ، އެގޮތަށް ނިންމީ އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިންނާ މަޝްވަރާކުރުމަށްފަހު ކަމަށް އިޒްރޭލުގެ ތައުލީމާބެހޭ މިނިސްޓަރު ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމަށް ފަހު ވެސް، އިޒްރޭލުގެ ހުރިހާ ސްކޫލެއް ބަންދުކުރިއެވެ.
ނަމަވެސް މާ ގިނަދުވަހެއް ނުވެ ސްކޫލްތައް އަލުން ހުޅުވާލައިފައިވާ ވަނިކޮށް، އެ ސްކޫލްތައް އަނެއްކާވެސް ބަންދު މި ކުރީ އިރާން ރޭގައި ދިން ބާަރުގަފަ ހަމަލާތަކާ ގުޅިގެންނެވެ.




