
އެމްޑީޕީން ވެސްޓް ޕާކް ސަރަހައްދުގައި ރޭ ބޭއްވި ކެމްޕެއިން އިވެންޓުން ކަރަންޓު ކަނޑާލުމާ ގުޅިގެން އާޒިމް ވިދާޅުވެފައި ވަނީ، ޕާޓީގެ ހުރިހާ އަމާޒެއް ހުރީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ ނިޔަތުގައި ކަމަށާ، އެމްޑީޕީއަށް ކުރާ ޖެއްސުމަށް ބެލުމެއް ނެތި ބާރަށް ކުރިއަށް ގޮސް މި އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.
ޒަރިޔަންދުގެ ކެމްޕެއިން އިވެންޓުން ބާއްވާފައި ވަނީ ރަސްފަންނު ސަރަހައްދުގައި ހުންނަ ބަނާނާ ލީފްގައި ރޭގެ ވަގުތެއްގައެވެ. އެ ތަނުން ވެސް ކަރަންޓު ކަނޑާލުމާ ގުޅިގެން ޕީއެންއެފްގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މެނިފެސްޓޯ ހުށަހަޅަމުންދަނިކޮށް ކަރަންޓު ކަނޑާލުމުން ދޭހަވަނީ މުހައްމަދު މުއިއްޒު ބިރު ގަނެފައިވާ މިންވަރު ކަމަށެވެ.
މި ދެ ކެމްޕެއިން އިވެންޓު ބޭއްވި ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވީ، ޓްރާންސްފޯމަރެއް ނިވިގެން ކަމަށާ، ނަމަވެސް އެ މައްސަލަ ފަހުން ވާނީ ހައްލުކޮށްފައިކަމަށް ވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.




