
މާލޭގެ އިތުރުން ގިނަ ރަށްރަށުގައި ވެސް ހިނގާލުންތައް ބާއްވާފައި ވާއިރު، މިއަދު އިރުއޮއްސި 6 ޖެހުމުގެ ކުރިން ހުރިހާ ކެމްޕޭން ހަރަކާތެއް ވެސް ނިންމާލަން ޖެހެއެވެ. އެހެންކަމުން ޕީއެންސީ އާއި އެމްޑީޕީން ވެސް މި ބޮޑު ހިނގާލުން ބޭއްވީ ކެންޕޭނު އެންމެފަހުގެ ހަރަކާތެއްގެ ގޮތުންނެވެ.
ރާއްޖޭގެ ވެރިރަށް މާލޭގައި ބޭއްވި ޕީއެންސީގެ ހިނގާލުމުގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އިރު، އެމްޑީޕީގެ ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނަވާފައި ވެއެވެ.
"ރައްޔިތުންގެ ބޮޑު ހިނގާލުން" ގެ ނަމުގައި ޕީއެންސީގެ ހިނގާލުން އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ އެ ޕާޓީގެ ޖަގަހައިން، ހަވީރު 3:45ގައި. މަޖީދީމަގުން ގޮސް ރަސްފަންނަށް ހިނގާލުން ނިންމާލުމަށް ފަހު ރައީސް މުއިއްޒު ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އެދި ވާހަކަދައްކަވާފައެވެ.
އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕޭން ހިނގާލުން އާޓިފިޝަލް ބީޗު ސަރަހައްދުން، ހަވީރު 4 ޖެހި އިރު ފަށާފައި ވާއިރު، މި ދެ ހިނގާލުުގައި ވެސް ވަނީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ކަން ފާހަގަކޮށްލެވެއެވެ.




