
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދިނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފައެވެ.
އަދި މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު، މި ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް، ސައޫދީ ސަރުކާރުން ވަނީ ހަމަޖައްސާދީފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
2024 ވަނަ އަހަރުގެ މެއި މަހު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށްޓަކައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފައިކަން ފާހަގަކޮށްލެވެއެވެ. އަދި އެއީ ވެސް ސައުދީ ސަރުކާރުން ދެއްވި ފުރުސަތެއް ކަމަށް އޭރު ވެސް ވަނީ ރައީސްއޮފީހުން ބުނެފައެވެ.
އަދި ހަމަ މިދިޔަ 2025 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ވެސް ސައުދީ ރޯޔަލް ކޯޓުން ހިލޭ ހަމަޖައްސަވައިދެއްވާފައިވާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ހައްޖަށް ވެސް ވަޑައިގެންފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.




