އެލްޖީއޭގެ ރައީސްގެ މަގާމަށް އައްޔަންކުރެއްވި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު - ފޮޓޯ: ރައީސް އޮފީސް
އެލްޖީއޭގެ ރައީސަކަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ޖުނާން އަޙުމަދު 10 ޖޫން 2026 (ބުދަ)   18:51
އެލްޖީއޭ (ލޯކަލް ގަވަމެންޓް އޮތޯރިޓީ) ގެ ރައީސްކަމުގެ މަގާމަށް ފިނޭންސް މިނިސްޓަރު ކަމަށް ހޯމަ ދުވަހު އައްޔަންކުރި ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.

ޒަރީރަކީ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެއް ކަމަށް ވާއިރު، ޒަރީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް ރައީސް އައްޔަންކުރެއްވީ މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް ޒަރީރު އައްޔަންކުރެއްވީ އެލްޖީއޭގެ ރައީސްކަމުގައި ވެސް މީގެ ކުރިން ހުންނެވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ އޭޕްރިލް މަހު ރައީސް ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، ކުރިން އޮތް ލޯކަލް ގަވަމެންޓް މިނިސްޓްރީ ވަނީ އުވާލައްވައިފައެވެ. އަދި އެއަށްފަހު ފިނޭންސް މިނިސްޓަރު ކައުންސިލްތައް ރެގިއުލޭޓްކުރާ އޮތޯރިޓީގެ ރައީސްކަމަށް އައްޔަންކުރެއްވި ނަމަވެސް މީގެ ކުރިން އެ މަގާމުގައި ހުންނަވަނީ ހޯމް މިނިސްޓަރު ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް