ސޮނެވާ ޖާނީ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާ - ފޮޓޯ: އެމްއެންޑީއެފް
ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ޖުނާން އަޙުމަދު 12 އޭޕްރީލް 2026 (އާދީއްތަ)   16:38
ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީ ރިސޯޓުގަައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފިޔެސްއަށް މައުލޫމާތު ލިބިފައި ވަނީ، މިހާރު އަލިފާން ރޯވެފައި ވަނީ އެ ރިސޯޓްގެ މޫދު ކޮޓަރިތަކެއްގައި ކަމަށެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައި ވަނީ، ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ނ. އަތޮޅުގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ރިސޯޓްގައި ރޯވި އަލިފާން ނިއްވަން އެ ރިސޯޓްގެ މުވައްޒަފުންނާއި ސިފައިންނާއި ފުުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް