
ރައީސް އޮފީހުގެ ޕްރެޒިޑެންޝަން އެފެއާޒް މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އޭނާގެ ކުއްލި އިސްތިއުފާގެ ސަބަބެއް އަދި ނޭނގެ އެވެ.
ރައީސް އޮފީހުގައި އަލީ އާރިފްގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރުގެ އިސް މަގާމުތަކަށް ރައީސް އެކި ބޭބޭފުޅުން އައްޔަން ކުރެއްވުމާއި ވަކިކުރެއްވުމުގެ ސިޓީތަކުގައި ސޮއިކުރެއްވުމާއި ރައީސްގެ ސެކްރެޓޭރިއޭޓުގެ މަސައްކަތްތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ އަލީ އާރިފް ރައީސް މުއިއްޒާއެކު މަސައްކަތް ކުރައްވަން މި ފަހުން ފެއްޓެވީ 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހިސާބުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާގެ މަގާމުގަ އެވެ.




