
އެ ދެބޭފުޅުން ވެސް މިދިޔަ އަންގާރަ ދުވަހުގެ ރޭ، މުއްދަތެއް ނެތް ގޮތަށް މަގާމުން ސަސްޕެންޑުކޮށްފައި ވާއިރު، އެ ދުވަހު (މި މަހުގެ 5 ވަނަ ދުވަހު) މި ދެ ބޭފުޅުން ހާޒިރުކޮށް އިސްތިއުފާ ދިނުމަށް، މިހާރު އެ ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ސީނިއަރ މެނޭޖަރ ސެކިއުރިޓީ މުހައްމަދު ޝުޖާއު ވަނީ އަންގާފައި ކަމަށް ފިޔެސް އަށް މައުލޫމާތު ލިބެއެވެ.
އަދި އެ ދެބޭފުޅުން އިސްތިއުފާ ދެއްވުމަށް އެންގީ (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުން ކަމަށް ވެސް މައުލޫމާތު ލިބޭއިރު، މި މައްސަލައާ ގުޅިގެން ޑީޖޭއޭގެ މީޑިއާ އޮފިޝަލް އައިމިނަތު ނަޒްދާ މީޑިއާއަށް ވިދާލޫވެފައި ވަނީ، އެ ދެ ޑިރެކްޓަރުން ސަސްޕެންޑް ކުރި ކަމުގެ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާ، ޑީޖޭއޭގެ މުވައްޒަފުންނާއި އިސްވެރިންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.




