
މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރު ކޮށްދެއްވާ ވިދާޅުވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުތަތު ދެއްވުމުގެގޮތުން، ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.
އަދި މިއަދު އިސްތިއުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް ފިޔެސް އަށް މައުލޫމާތު ލިބޭގޮތުގައި މިބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް މުއިއްޒު އަންގަވައިގެންނެވެ.
ފާހަގަކޮށްލެވޭގޮތުގައި، ރައީސް މުއިއްޒުގެ މި ސަރުކާރަށް، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ 20 މިނިސްޓަރުންގެ ތެރެއިން 8 މިނިސްޓަރަކު މިއަދު އިސްތިއުފާ ދެއްވާފައި ވާއިރު، ދައުލަތުގެ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވެސް ބައެއް ބޭފުޅުން މިފަހުން ވަނީ އިސްތިއުފާ ދެއްވާފައި ވާއިރު، ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވަނީ މަގާމުން ވަކި ވެސް ކުރައްވާފައެވެ.




