
ދުވަސްތަކަކަށްފަހު، މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ހުށަހަޅުއްވާފައިވާ، ވަތަނީ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވާ ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ވެލިދޫ ދާއިރާގެ ގޮނޑިތައް އެހެރީ އެމްޑީއޭއިން ބޭނުންވިގޮތަށް ނިންމާފައި ކަމަށް އަޑަށް ބާރުލާފައި ދަންނަވާ ކަމަށާ، އެ ދާއިރާގެ ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބޮޑުތަނުން އެބުނީ ކީއްވެގެންތޯ ސަރުކާރުން ވިސްނަވާލައްވަން ވެއްޖެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ނ.ވެލިދޫ ދާއިރާގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެ ދާއިރާ ނިސްބަތްވާ އަދި ނ. އަތޮޅުން ވެސް އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ވެލިދޫގެ ކައުންސިލްގެ އެންމެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއަކާއި ޑަބްލިޔުޑީސީގެ ވެސް ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީންނެވެ.
ވެލިދޫ އިން އެމްޑީޕީއަށް ކާމިޔާބު ނުކުރެވުނު ގޮނޑި ކަމުގައިވާ، ވެލިދޫ ކައުންސިލްގެ އާންމު މެންބަރު ކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ ވެސް ކުޑަ ތަފާތަކުން ކަން ފާހަގަކޮށްލެވެއެވެ.




